ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ދ. އަތޮޅުގެ ރަށްތަކަށެވެ. މިރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި ސަރަައްދުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެ އިދާރާއިން އެދެއެވެ. އަދި މުސުމާ ބެހޭ އިދާރާއިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުފަތުރުގެ ކަންތައް ފެށުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މި ހުދު ސަމާލު ނެރެފައިވަނީ މިއަަދު ހެދުނު 10:30 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށެވެ.