އަސްލު އެމްޑީޕީ މީހަކަށް ވާގޮތް ސާފުކަމަށާއި، އަސްލު އެމްޑީޕީ މީހަކަށްވަނީ ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނާނަމަކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އެއްވެސް އެމްޑީޕީ މެމްބަރަކަށް ދެކޮޅު ނުހެދޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވުމާއި ގުޅިގެން އާންމުންގެ މީހަކު ކުރެއްވި ޓުވީޓުތަކަށް ދެއްވި ޖަވާބެއްގައެވެ.
ޢާންމު މެންބަރުންގެ ޚިޔާލާއި ބަސް އޮޅާލަން ފުރުޞަތުދީގެން ލައްކަ ބައިވަރު ދުވަސް ދެވިއްޖެ. ހަމައެކަނި ވަކި ބޭފުޅެއްގެ އެކަނި ފިކުރަކަށް ޕާޓީ ވާކަމަށް ވަނީނަމަ ބުނާހާ އެއްޗެއް ޤަބޫލުނުކުރާ އެންމެން ޕާޓީއިން ވަކިކުރިކަން ސެކްރެޓޭރިއެޓް މެދުވެރިކޮށް އަންގަވާލަދެއްވާ: ރޮޒައިނާ
އެގޮތުން ސުލްހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރިއިރު އޭރު ޑީއާރުޕީގައި ހުންނެވި ޑިމޮކްރަސީގެ އުސޫލު އެނގޭތީ ކަމަށް ސުވާލުކޮށްފައެވެ. އެޓުވީޓަށް ދިން ޖަވާބުގައި ޒޮރައިނާ ވިދާޅުވީ، އޭރު ޑީއާރުޕީގައި ތިބި ވަރަށް ގިނަ މީހުން މިހާރު އެމްޑީޕީގައި ތިބި މީހުންނަށް ކަމުދާ ކަމަށާއި، ރައީސް ނަޝީދު ވިދާޅުވާހާ ކޮންމެ އެއްޗަކަށް އާނއެކޭ ބުނާނަމަ އެއީ އަސްލު އެމްޑީޕީ މީހެއް ކަމާއި އަދި ކިރިޔާވެސް ކަމުނުގޮސްފިނަމަ އެއީ ޑީއާރުޕީ މީހެއް ކަމަށެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރެގައި ވަރަށް ބޮަޑަށް ޚިޔާލުތަފާތުވެ ޕާޓީ ވަނީ ދެބައިވެފައެވެ. މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ ފަރާތްކާއި މަޖިލިސް މެންބަރުންނާއި، ރައީސް ނަޝީދަށް ތާޢީދުކުރާ ފަރާތްތަކާއި މެންބަރުންގެ މެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އަދި ސިޔާސީ ގޮތުން ރައީސް ސާލިހުއާއެކު ދެން ހުރެވެން ނެތްކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.