ގދ ތިނަދޫ އިން ކޮވިޑް-19 ގެ ކޭސްތަކެއްގެ ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ މިއަދަށް ތިން މަސްދުވަސް ވެގެން ދިޔައިރު، މިހާރު އެރަށް އިތުރަށް މޮނިޓަރިންގ އަށް ލައިގެން ކާފިއު ހިންގަންޖެހޭ ހާލަތެއް ނެތް ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފޭސްބުކް ޕޭޖް ޓެގް ކޮށް ސައުދު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ތިނަދޫ އިތުރަށް މޮނިޓަރިންގ އަށް ލައިގެން ކާފިއު ކަނޑައަޅައިގެން ތިބެންޖެހޭ ހާލަތެއް ނެތް ކަމަށާއި، ތިނަދޫ މޮނިޓަރިންގ ހާލަތުން ނަގައި ކާފިއު ގަޑި އެއްކޮށް އުވާލަން އެޗްޕީއޭއަށް ގޮވާލާކަމަށެވެ.
“ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ، ތިނަދޫ މޮނިޓަރިންގ ހާލަތުގައި ބާއްވަން ޖެހޭ ހާލަތެއް މިހާރު ތިނަދޫގައި ނެތްކަމަށް ތިނަދޫ އީއޯސީއިން ނިންމުމުން އެކަން ސިޓީއަކުން އެޗްޕީއޭގައި މިމަހުގެ 23 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން އެސިޓީގެ ޖަވާބެއް އަދި ދެއްވާފައިނުވެއެވެ.
އަޅުގަނޑުމެން ފޮނުވި ސިޓީގެ ޖަވާބެއް ނުލިބިގެން އެޗްޕީއޭއަށް ގުޅުމުން އެފަރާތުން ފޯނަށް ޖަވާބު ނުދެއްވާ، އަޅުގަނޑު ކަންބޮޑުވަނީ ޖަވާބު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް އަދި އިގްތިސާދަށް އަސަރުކުރާނެ ދުވަސްތަކެއް: ސައުދު
ސައުދު މިހެން ވިދާޅުވެފައިވަނީ، ތިނަދޫއިން ކޮވިޑްގެ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ 3 މަސް ވެގެން ދިޔައިރު އެރަށުން 927 މީހުން ކޮވިޑް-19 އަށް ޕްޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 79 ފަރާތެއް އެބަތިއްބެެވެ.
ޑރ ސައުދު އަލީ އަށް ވަރަށް ސަލާމް
ނަން ޕޮރެފެސަރ އަށް ބަދަލް ކުރަން ފަނޭ