ކޮލަމް
ރިވެލި : އިސްދާރަކަށް ވުމަށްޓަކައި ކޮންމެހެން ބޮޑު މަޤާމެއް މުހިއްމެއް ނޫން – (2)

ތިމާގެ ޙަޔާތުން ވޭތުވެދާ ކޮންމެ ދުވަހެއްވެސް އޭގެ އެއްމެ ފައިދާހުރިގޮތުގައި ހޭދަވާން ޖެހޭ ކަމާއި، ލިބިގަންނަން ޖެހޭކަން ޢާއްމުގޮތެއްގައި (ވާންވާން ވަރަކަށް) ޅަޒުވާން އިރު އިޙުސާސް ނުވެއެވެ. ޙަޔާތުން މުހިއްމު ދުވަސްތަކެއް ލިބިނުގަނެވުނު ކަމުގެ އިޙުސާސް ޢުމުރުގެ ވަކި ހިސާބަކުން ވާން ފަށައެވެ. އެހާހިސާބަކުންވެސް ދެން ކުރަންވީ ކަން ކުރާކަށް ނޫޅެވެއެވެ. ދެން މާފަހުން އިޙުސާސްވަނީ އެކަން ބަދަލު ކުރަން ވެއްޖެކަމެވެ. ޙަޔާތުގެ ދުވަސްތައް ލިބިގަނެވޭގޮތް ހަދަން ވެއްޖެ ކަމެވެ. އެކަމަށް ބޭނުންވަނީ ކުޑަ ހިތްވަރެއްކަންވެސް ސާފުވެގެން ހިގައިދެއެވެ. އެއީ ކޮންމެ ދީނެއްގެ، ކޮންމެ ޢަޤީދާއެއްގެ މީހަކަށް ވިޔަސް އެއްގޮތަކަށް އިޙުސާސްވާ ކަމެކެވެ.

ތިމާގެ ޙަޔާތުގައި ބައްދަލުކުރާ ދުވަހެއް އެއްކޮށް ލިބިގަނެ، އެދުވަސް ތިމާގެ އަތްދަށުލުމަށްޓަކައި ކުރަން އުދަގޫވެފައި ނުކުރެވިފައި އޮންނަނީ އެއްމެ ކަމެކެވެ. އެއީ އެހެން އެއްމެނަށްވުރެ ކުރިން ދުވަސް ފެށުމެވެ. ފަތިހާ ތިމާގެ ހަށިގަނޑާއި ޙިއްސުތައް ހޭލެއްވުމެވެ. ފަތިހުގެ ވަގުތުގައި ޢާދަޔާއި ޚިލާފް ބަރަކާތަކާއި ބާރު ތަކެއް ލައްވާފައިވާކަން އަހަރެމެން ދިވެހީން އެޢަޤީދާއަކަށް އުފަންވެފައިވާ، އިސްލާމީ ޢަޤީދާގައި މާބޮޑަށްވެސް ސާފެވެ. ދުނިޔޭގައި އިންސާނުން އުޅެމުންދާ ހުރިހާ ދީންތަކެއްގައިވެސް، އަދި ސައިންސްގެ އަލީގައިވެސް ހޯދިފައިވަނީ މިޙަޤީޤަތެވެ.

ކާމިޔާބުވާން އެދޭމީހާ އެއްމެނަށްވުރެ ކުރިން ދުވަސް ފައްޓަން ޖެހެއެވެ. ފަތިހާ ހޭލައިގެން، މުޅިދުވަސް ރާވާލަން ޢާދަކުރަން ޖެހެއެވެ. އަނެކުން ދުވަސް ފެށުމުގެ ކުރިން ދުވަހާއި ކުރިމަތި ލުމަށް ތައްޔާރުވެ، ކުރިހޯދައިގެން ހުންނަން ޖެހެއެވެ. ތިމާގެ އަމިއްލަ ކަންކަން ނިންމައިގެން (ހޯމްވޯކް ހަދައިގެން) އަނެކުންނަށް އެހީވުމަށް ތައްޔާރުވެ ހުންނަން ޖެހެއެވެ. ދުވަހުގެ ބާކީ އޮތްވަގުތު ނަފްސު މިނިވަންކޮށް، ހަށިފޮޅާލައިގެން ހުރެވެނީ ހެނދުނު އެއްމެނަށްވުރެ ކުރިން ދެތިން ކަމެއް ކޮށްލައިގެން ހުރީމައެވެ. ދުވަހުގެ އަޅަކަށް ތިމާ ނުވެ، ތިމާގެ އަޅަކަށް ދުވަސް ހެދޭނީ ފަތިހާ ހޭލައި، ހެއްދެވި ފަރާތަށް ތިމާގެ އޮތް ޒިއްމާ އަދާކޮށް، ދުވަހުގެ ހަކަތަ ހޯދައި، މުޅި ހަށިގަނޑު ރުކުރުވާލައިގެންނެވެ. ކޮންމެވެސް ވަރެއްގެ ކަސްރަތަކުން ދުވަސް ފައްޓަން ޖެހެއެވެ. ފަތިހުގެ ވަގުތުގައި ތިމާ ބޭނުންވާ އައުކަމެއް ދަސްކޮށްގަންނަން ފަސޭހަވެއެވެ. ހެނދުނުގެ ތާޒާ ކަންމަތީ ދުވަހުގެ އައުފިލާވަޅު ދަސްކުރަން ޢާދަ ކުރަން ޖެހެއެވެ.

ރިވެލި : އިސްދާރަކަށް ވުމަށްޓަކައި ކޮންމެހެން ބޮޑު މަޤާމެއް މުހިއްމެއް ނޫން

މުޖުތަމަޢުގައި ތަނެއްގެ މާބޮޑު މަޤާމެއްގެ ނަން ލިބިފައި ނުހުންނަ މީހެއްކަމުގައި ވިޔަސް އެމީހެއްގެ ‘ފަހަތުން’ އެހެންމީހުން ހިގާ މީހަކީ މިދެންނެވި ފަދައިން އެމީހެއްގެ އަތްދަށުގައި ޙަޔާތުގެ ދުވަސްތައް ލާން ޢާދަވެފައިވާ މީހެކެވެ. އެފަދަ މީހަކު އުޅޭނީ ޢާއްމު ދުވަހެއްގެ ހުރިހާ ކަމެއްގައިވެސް އަނެކުންނަށްވުރެ މާކުރީގައެވެ. އޭނާ ހުންނާނީ ބޮޑެތި މަސައްކަތް މުޅިދުވަހު ކުރާއިރުވެސް އެހެން މީހުންނަށްވުރެ ހަމަޖެހިލާފައެވެ. އެއީ ޤުދުރަތުން ފަތިހުގައި ލައްވާފައިވާ ތަފާތު ބަރަކާތެކެވެ. އެކަން އެއްމެބޮޑަށް އިޙުސާސްވަނީ ފަތިސް ލިބިގަތުމަށް ޢާދަވެފައިވާ މީހާއަށެވެ. ދުނިޔެ ދެކިފައިވާ ކޮންމެ ކުޅަދާނަ، މަޤުބޫލު، މަޝްހޫރު ޝަޚްޞިއްޔަތަކީ މިޢާދަ އެމީހުންގެ ކިބައިގައިވާ މީހުންނެވެ. ތިމާގެ ފަހަތުން އެހެންމީހުން ‘ހިގާ’، ހިތްވާ ކަހަލަ ގިނަމީހުންނަކީ މިދެންނެވިފަދަ މީހުންނެވެ. ކާމިޔާބު އިސްދާރުން ނުވަތަ ‘ލީޑަރުންނަކީ’ މިދެންނެވި ޢާދަ އަށަގަނެފައިވާ މީހުންނެވެ. ކާމިޔާބު އިސްދާރަކު ވަކިކޮށް ދެނެގަތުމުގެ އެއްމެ ވަރުގަދަ އެއްސިފައަކީވެސް އެމީހެއްގެ ކޮންޓްރޯލުގައި މުޅިދުވަސް ބޭއްވުމަށް ޢާދަވެފައިވާ ވުމެވެ.

ކުޑަކޮށް އެކަނި އިނދެ ވިސްނާލާށެވެ. މިއީ ފޮތުން ނުކިޔެވިޔަސް ދެނެގަނެވޭހާ ފަސޭހަ ކަމެކެވެ. ފަތިހު ހޭލާމީހާ އޭނާ ހެއްދެވިފަރާތަށް ކުއްތަން ވުމަށްފަހު، ކަސްރަތެއް ކޮށްލައިގެން، ތިމާގެ ނަފްސަށްޓަކައި ކޮންމެވެސް ކަމެއް ކޮށްލައި، ދުވަހުގެ ބާކީއޮތްބައި އޮތްގޮތާމެދު ވިސްނައި، އެކަން ތިމާގެ ސިކުނޑީގައި ރާވައިފި ނަމަ ތިމާގެ މުޅި ހަށިގަނޑު އެގޮތަށް ތައްޔާރު ވާނެއެވެ. ތިމާއަށް ތިމާގެ ޢާއިލާގެ އެދުވަހުގެ ކަންކަން ހުރިގޮތް ދެނެގަނެވި، ތިމާގެ ޒިއްމާތައް އެދުވަހު އޮތްގޮތް ސާފުވާނެއެވެ. އެއިރުން ތިމާގެ ހަށިގަނޑާއި، ވިސްނުމާއި، ނަފްސާނިއްޔަތު އެކަމަށް ހޭލައި ތައްޔާރު ވާނެއެވެ.

ފަތިހު ހޭލައި ދުވަސް މެކުހަށް ޖަހަން ޢާދަވެފައިވާ މީހެއްގެ ކުރިޔަކަށް އެހެން މީހަކަށް ނޭރޭނެއެވެ. އޭނާގެ ޙަޔާތުގައި އޭނާ ދާންއުޅޭ މިޞްރާބަށް ދިއުމަށް އޭނާގެ ކުރިއަށް އެހެން މީހަކު އަރާކަމުގެ އިޙުސާސް އެފަދަ މީހުންނަކަށް ކުރާކަށް ނުޖެހޭނެއެވެ. އެފަދަ މީހުންނަށް އަނެކުން އިތުބާރު ކުރާނެއެވެ.

އެފަދަ މީހަކަށް ކަމެއްގައި ބަރޯސާވާން އެހެން މީހުންނަށް ވަރަށް ފަސޭހަ ވާނެއެވެ. އޭނާ ހީވާގިވާނެއެވެ. އޭނާ ކޮންމެ ދުވަހަކު ފަތިހު އެނަގާ ޙަޔާތުގެ ކުދިކުދި، އެހެނަސް މުޅީން އައު ފިލާވަޅު ތަކުގެ ސަބަބުން އޭނާގެ ޙަޔާތް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރައި ދެއެވެ. އަނެކުންނަށް ނުކުރެވިފައި ހުންނަ އެތައް ކަމެއް ދެނެގަނެ، އެކަންކަމާއި އަޅާލައި، އެކަންކަން ކޮށްލުމުގެ ފުރުޞަތު ލިބެނީ ފަތިހު ހޭލުމަށް ޢާދަވެފައިވާ މީހާއަށެވެ. އޭނާއަށް ނޭގިހުރެ އައު އެތައްބައެއްގެ ރުހުމާއި ލޯބި ލިބެމުންގޮސް އެފަދަ މީހުން އޭނާގެ ފަހަތުގައި ގިނަވަމުންދަނީވެސް އެހެން ވެއެވެ.

އަނެކުންގެ މެދުގައި މަޤުބޫލު އިސްދާރަކަށްވުމަށް މުހިއްމީ އަކީ މާބޮޑު މަޤާމެއްގެ ނަމެއް ނޫނެވެ. މުހިއްމީ އިޚްލާޞްތެރިކަމާއެކު ބުރަ މަސައްކަތް ކުރުމާއި، އެކަމަށް ތިމާގެ ނަފްސާއި ހަށިގަނޑު ގައި މައިގަނޑު ދެތިން ޢާދައެއް ހަރުލެއްވުމެވެ. ފަތިހާ ހޭލައި ދުވަސް ބޮޑުކޮށް ލިބި، ދުވަހުގެ ކުރި ހޯދުމަކީ މިފަދަ މީހުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެއްމެ މުހިއްމު އެއް ޢާދައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!