ޚަބަރު
ހަމަލާގެ މައްސަލާގައި ފުލުހުން އިޖުރާއީ ގޯހެއް ނުހަދާނެ : ޕީޖީ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިޖުރާއީ ގޯހެއް ހަދައިގެން ތުހުމަތުކުރެވޭ އެއްވެސް މީހަކު ސަލާމަތް ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ތަހުގީގު ފެށުމާ ހަމައިން ޕީޖީގެ ޕްރޮސެކިއުޓަރުން ފުލުހުންގެ ތަހުގީގު ޓީމާ އެކު ވަރަށް ގާތުން މަސައްކަތް ކުރުމުންދާ ކަމަށާއި އެގޮތަށް މަސައްކަތް ކުރާއިރު ތަހުގީގު ކުރިއަށް ދިޔަ ގޮތާއި ތަންތަން ބަލައި ފާސްކުރެވުނު ގޮތާއި އިޖުރާއަތުތައް ފުރިހަމަކުރެވުނު ގޮތް ވަރަށް ކުރިއްސުރެ ޕީޖީގެ ޕޮރެސެކިއުޓަރުންނަށް އެނގިފައި އޮތުމުގެ ސަބަބުން މި ފަދަ ގޯހެއް ހެދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ތަހުގީގުގައި މިހާތަނަށް ހެކި ހޯދާފައި ހުރީ ގާނޫނުތަކާއި އެއްގޮތައް ކަމަށާއި އަދި ހޯދާފައިވާ ހެއްކާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާ ޝަމީމް ވިދާޅުވިއެވެ.

“އަޅުގަނޑު ކުރިންވެސް ދެންނެވިހެން މި ތަހުގީގު ހިނގަމުންދާ ގޮތާ ދޭތެރޭ ޖުމްލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ މިހާރު ހޯދިފައި ހުރި ހެކި ތަކުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށް،” – ޝަމީމް

ޝަމީމު އިތުރަށް ވިދާޅުވީ މައްސަލާއިގެ ލިޔެ ކިޔުންތައް ދިރާސާ ކޮށް ނިމުމުން މިހާރު ހައްޔަރު ކޮށްފައިވާ މީހުންނަށް ކުރާނެ ދައުވާ ތައް އިގިގެން ދާނެ ކަމަށެވެ.

“އަޅުގަނޑުމެން މިހާރު ދިރާސާކުރަމުން މިދަނީ އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތުގެ ތެރެއިން ކޯޓުގައި ސާބިތުކޮށްދެވޭނީ ކޮން މައުލޫމާތެއްތޯ، ކޮން ކަންތައްތަކެއްގެ މައްޗަށްތޯ އަޅުގަނޑުމެން މިކިޔާ އުންސުރުތައް ފުރިހަމަކުރެވޭނީ ކިހިނެއްތޯ؟ އެ ތަފްސީލްތައް އިރާދަކުރެއްވިއްޔާ ހިއްސާކުރާނަން އަޅުގަނޑުމެން ބާއްވާ ޕްރެސްގައި” – ޝަމީމް

ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ދެވުނު ހަމަލާއާއި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރު ކުރެވިފައިވާ އިރު ފުލުހުން އަދިވެސް ދަނީ މި މައްސަލަ އިތުރު ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!