ކޮލަމް
ބަލީގެ އަލާމާތެއް ނެތް ރަށްތައް ވެސް ކޮވިޑްގެ ޝިކާރައަށްވެފައި!

ހުވަދު އަތޮޅުގެ މައި ދޮރާށި ކަމުގައިވާ ތިނަދޫ އަށް ކޯވިޑް-19 ގެ ޖަރާސީމް އެތެރެވެ ރަށު ތެރެއަށް ފެތުރުމާއި އެކު ރަށުގެ ދޮރާށި ބަންދު ކޮށް އެޕްރީލް 24 ގައި މޮނީޓަރިންނަށް ރަށް ލިއެވެ. އޭގެ ފަހުން ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. ތިނަދޫ އަކީ މުޅި ހުވަދު އަތޮޅު އެއްފަސް ވެފައި ވާހެން އޮތް ރަށަކަށް ވުމުން ތިނަދޫ ގެ އީއޯސީ އިން ދިޔައީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުންނެވެ. ޚާއްޞަކޮށް ރަށު ކައުންސިލުން ދިޔައީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެންމެ ފަހުން މިހާރު މިވަނީ ހަވީރު 4 ން ފަތިހު 4 އަށް ކާފިޢު ވެސް ހިންގަން ފަހާފައެވެ.

ނަމަވެސް ރަށުގެ ޙާލަތަށް ބަދަލެއް ނާދެއެވެ. ތިނަދޫ އޮތީ ހަމަ “ލޮކް”. ގައެވެ. ތިނަދޫ ކޯވިޑް-19 ގެ ޝިކާރަ އަކަށްވެ ޢާއްމު ޙާލަތު ދުވަހެއް ދުވަހެއް ގޯސް ވަމުން ދާއިރު އަތޮޅުގެ ގައްދޫ ، ފަރެސްމާތޮޑާ އަދި ވާދޫ ވެސް ކޯވިޑް-19 ގެ ވަކި ތަކުން ޤައިދު ވެފައެވެ. އެ ރަށް ރަށަށް އަރާ ފޭބުން ވެސް ވަނީ ތިނަދޫ އާއި އެފަދައިން ހުއްޓުވާފައެވެ. އެހެންކަމުން އަތޮޅުގެ ބޮޑެތި ރަށް ތައް މިވަނީ މި ބަލީގައި ޤައިދުވެފައެވެ. މިދެންނެވި ރަށް ތަކުގައި މިހާތަނަށް 394 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

އިއްޔެގެ ތަފާސްހިސާބަށް ބަލާއިރު ވެސް 194 މީހުން މިވަގުތު ދަނީ ފަރުވާ ދެމުންނެވެ. 3 މީހަކު ކޮވިޑް ފެސިލިޓީ ފައި ފަރުވާ ދެމުން ދާއިރު އެކަކު ވަނީ ބަލީގައި ނިޔާ ވެފައެވެ. ގދ އަތޮޅަށް ދިމާ ވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ބަލާއިރު ބަޑީގެ އަލާމާތެއް ނެތް 5 ރަށް އެބައޮތެވެ. މަޑަވެލި ، ހޯނޑެއްދޫ ، ނަޑެއްލާ ، ފިޔޯރީ އަދި ރަތަފަންދޫ އެވެ. މި އިން ރަށެއްގައި ކޮވިޑް-19 ނެތަސް އެރަށް ތައް ވަނީ ކޮވިޑް-19 ގެ ދަލުގައި ނުޖެހި ކަމުގައި ދެންނެވޭކަން ނެތެވެ.

މި ނުރައްކާތެރި ޖަރާސީމު ގެ ވަކި ތަކުގައި އެ ރައްޔިތުން ޝިކާރަ ނުވެޔޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. އެ 5 ރަށުގައި ދިރިއުޅޭ 7700 އަށް ވުރެ ގިނަ ރައްޔިތުން ގެ ޒަރޫރީ ހުރިއްޔާ ބޭނުމެއްގައި ދާން ޖެހެނީ ތިނަދޫއަށެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް ތިނަދޫ އަށް ނުގޮސް ފަރުޖެހޭކަށް ނޯވެއެވެ. ހޯނޑެއްދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ތިނަދޫ އަށް މިއަދު ދިމާވެފައިވާ ކޯވިޑް-19 ގެ ޙާލަތުން އެންމެ ބޮޑު ތަކުލީފެއް ވާނޭ ބަޔަކީ އަތޮޅުތެރެ ކަމަށެވެ. ވަރަށް ބިރުން މި ތިބެނީ ތިނަދޫ އިތުރަށް ގޯސް ވެދާނެތީ މި ތިބެނީ ވަރަށް ބިރުން. އެ ރަށަށް ނުދެވިގެން ޒަރޫރީ އެތައް ކަމެއް ނުވެ މި ތިބީ”. އެމީހާ ބުންޏެވެ.

އާބާދީ ގައި 1389 މީހުން ދިރިއުޅޭ ރަތަފަންދޫ އިން ވާހަކަ ދެއްކި ޒައިމް ރިޔަޒް ބުނީ އެ މީހުންގެ މުޅި އާބާދީ ގެ ކޮންމެ މީހަކު ވެސް މަދުވެގެން މަހަކު ދެތިން ފަހަރު ތިނަދޫ އަށް ދާން ޖެހޭ ކަމަށާ އެހާވެސް މުހިންމު ކަން ބޮޑު ޒަރޫރީ ރަށަކަށް ތިނަދޫ ވާ ކަމަށެވެ. “ތިނަދޫ އަށް ނުދެވުމަކީ ރަށަށް އައި ހުއްޓުމެއް. ޚާއްޞަ ކޮށް ބޭންކް ޚިދުމަތް. ވިޔަފާރި. ޑޮކްޓަރަށް ދެއްކުން” ޒައިމް ބުންޏެވެ.

ތިނަދޫ އާއި އެންމެ އަވައްޓެހި މަޑަވެލި ކައުންސިލް ގެ ނާއިބު ރައީސާ ފަސީހާ ޝަފީގް ވިދާޅުވީ ތިނަދޫ ގައި ކޯވިޑް-19 ގެ ބަލި ފެތުރި އެ ރަށް ބަންދު ވެގެން ދިއުމާއި މެދު ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ. އެއްވެސް ކަމެއް ނުވޭ، ރަށުގައި އޭޓީއެމް ނުހުރެ. ވިޔަފާރި ވެރިން މުދާ ގެންނަނީ ވެސް ތިނަދޫ އިން. މިފަދަ ކިތަންމެ ކަމެއް ވަނީ އެއްކޮށް ހުއްޓިފައި. ވަރަށް ދަތި ” ވަސީހާ ވިދާޅުވިއެވެ. ނަޑެއްލާ އަދި ފިޔޯރީ އިން ވާހަކަ ދެއްކި އެންމެން ވެސް ބުނުމުން ދިޔައީ އެއް ވާހަކައެކެވެ. ކޮވިޑް-19 ގެ އަލާމާތްތައް ނެތި ބަލީގެ ޝިކާރަ އަކަށް ވެފަވާ ވާހަކައެވެ. ތަކުލީފް ތަކުގެ ވާހަކައެވެ. އެ އެންމެން ވެސް އެދެނީ ތިނަދޫ އިން ކޮވިޑް 19 ޓެސްޓު ހެދޭ ގޮތްވެ މިކަމުން އަވަހަށް އަރައިގަނެވިގެން ދިއުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!