ގދ. ފިޔޯރީގައި އެޅުމަށް ހަމަޖެހިފައިވާ ޔޫތު ސެންޓަރުގެ ބިންގާ އިއްޔެ އަޅައިފިއެވެ.
އިއްޔެ ފިޔޯރީގައި ބޭއްވުނު ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު އަދި ނައިބު ރައީސާ އައިމިނަތު އައިވީނާއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ވިދާޅުވީ ޔޫތު ސެންޓަރު ޗާންދަނީ އަވަށުގައި އަޅަން ކައުންސިލުން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ. އެގޮތުން ފިޔޯރީގައި އޮންނަނީ ތިން އަވަށް ކަމަށާއި މިތިން އަވަށަކީ ޒަމާނުއްސުރެ ވަރަށް ވާދަވެރި ދެއަވަށް ކަމަށް ފައިޒަރުވަނީ ވިދާޅުވެފައެވެ. އަދި ޗާންދަނީ އަވަށަކީ ރަށަށް އަންނަ ތަރައްޤީގެ މަޝްރޫޢު މީގެ ކުރިން ނުހިންގާ އަވަށަކަށް ވުމުުން އާބާދީ ކުޑަ އަވަށެއް ކަމަށާއި އެއަވަށް ތަރައްޤީކޮށް އާބާދު ކުރުމުގެ މަޤްސަދުގައި ޔޫތު ސެންޓަރ އެއަވަށުގައި އަޅަން ނިންމީ ކަމަށެވެ.
ފައިޒަރު އިތުރަށް ވިދާޅުވީ ފިޔޯރީގައި މިއަދު ބިންގާ އެޅުނު ޔޫތު ސެންޓަރުގެ ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ސޮލިޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
ޔޫތު ސެންޓަރުގެ ބިންގާ އެޅުމާއި ގުޅިގެން ފިޔޯރީ ޗާންދަނީ އަވަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ބޮޑު ކެއުމެއް ތައްޔާރުކޮށްފައެވެ. އެހެންކަމުން ޗާންދަނީ އަވަށުގެ ރައްޔިތުންނަށް ފިޔޯރީ ކައުންސިލްގެ ރައީސް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މީގެ އިތުރުން ފިޔޯރީ ޗާންދަނީ އަވަށަކީ އަބަދުވެސް ވަރަށް އެކުވެރި އެއްބައިވަންތަ ބައެއް ތިބޭ އަވަށެއް ކަމަށާއި ޔޫތު ސެންޓަރުގެ ބިންގާ އެޅިގެންދިޔަ ދުވަހު އެކަން ސާބިތުވެގެން ދިޔަކަމަށް ފައިޒަރު ވަނީ ވިދާޅުވެފައެވެ.
ފިޔޯރީގައި ހުރި އެންމެ ރީތި މިސްކިތް ހުރީ ޗާންދަނީ އަވަށުގައި. ކުރީގެ ކައުންސިލުން އެ އަވަށުގައި އަޅަން ނިންމި ފެނަކަ އޮފީސް ޢިމާރާތް އެ އަވަށުގައި ނާޅާގޮތަށް ނިންމީ މި ކައުންސިލުން.
ދުލުން ވާހަކައެއް ބުނެލާއިރު ހަޤީޤަތާ އެއްހޮތަށް ވާހަކަދެއްކުން ރަނގަޅު.
އައިސް ޕްލާންޓްވެސް ހުރީ ޗާންދަނީ އަވަށު. ޖެޓީގެވެސް ބޮޑުބައި ޗާންދަނީ އަވަށަށް ވާގޮތަށް އަދި ވަކިން ޗާންދަނީ މީހުންނަށް ޚާއްސަކޮށް ޖެޓީގައި އިތިރު ސިޑިއެއްވެސް ވަނީ ލެވިފައި.