ޚަބަރު
ތިނަދޫގައި މޮނިޓަރިންގް އުވާލިކަން އަދި އެނގިފައިނެތް- ސައުދު

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ، ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މޮނިޓަރިންގ އުވާލާފައިވާކަމުގެ މަޢުލޫމާތެއް އަދި ލިބިފައި ނެތެކަމަށެވެ.

ސައުދު މިހެން ވިދާޅުވެފައި ވާއިރު، ތިނަދޫއިން ކޮވިޑްގެ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ 3 މަސް ވެގެން ދިޔައިރު އެރަށުން 927 މީހުން ކޮވިޑް-19 އަށް ޕްޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 79 ފަރާތެއް އެބަތިއްބެެވެ.

ގދ ތިނަދޫ އިން ކޮވިޑް-19 ގެ ކޭސްތަކެއްގެ ފެނި އެރަށް މޮނިޓަރިންގ އަށް ލާފައި އޮންނަތާ ތިން މަސްދުވަސް މިއަދަށް ވެފައިވާއިރު، މޮނިޓަރިންގ އުވާލުމަށް އަންނަނީ އެޗްޕީއާއި މަޝްވަރާކުރަމުންނެވެ.

Comment