ޚަބަރު
ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން: ހޯމް މިނިސްޓަރ

ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ޔޫތް ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅުގެ ޒުވާނުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްޘީލްކުރާ ނެޓްވޯކެކެވެ.

މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެންމެން އެއްވެ އައިސްމިތިބީ މިބޭފުޅުންނަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ރައްދުކޮށްދިނުމަށް. މާދަމާއަށްޓަކައި އަޅުގަނޑުމެންގެ މިރަށަށް ތިޔަކުދިންގެ ރަށްތަކަށް އަތޮޅަށް މުޅި ޤައުމަށް ތިޔަކުދިންގެ ފަރާތުން ކޮށްދެއްވޭނެ ބޮޑަތިވެގެންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް ތިޔަ ޒުވާނުން ތައްޔާރުކޮށްދިނުމަށް.” މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއްކަމަށެވެ. މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔޫތް ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ފޯރަމްގެ ކަންކަން ހޯމް މިނިސްޓްރީން ކުރިއަށްގެންދެވީ އެމަނިކުފާނާ މަޝްވަރާ ކުރައްވައިގެންކަމަށެވެ. އަދި ފޯރަމްގެ މައުލޫމާތު ހިއްސާކުރެއްވި ވަގުތުވެސް ކަމުގެ މުހިއްމުކަން ޤަބޫލުކުރެއްވުނުކަމަށެވެ. ށ.އަތޮޅަށް އަމާޒުކުރައްވައިގެން މިލަންދޫގައި މިފަދަ ފޯރަމެއް ބޭއްވީތީ މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله އާތިފްވެސް ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!