ޚަބަރު
ތިނަދޫގެ ހޮޓާ ރެސްޓޯރަންޓް ތަކާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލައިފި

ގދ ތިނަދޫގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ އެރަށުގައި ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހޮޓާ ރެސްޓޯރަންޓް ތަކާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލައިފިއެވެ.

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މިބަލިން ރައްކާތެރިވުމަށްޓަކައި ތިނަދޫގައި އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ބަންދު ކުރެވިފައިވީ ނަމަވެސް ރަށުގެ ހާލަތު މިހާރު ރަގަޅުވަމުންދާތީ މިއަދުން ފެށިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާ ކަމަށެވެ.

އެގޮތުން ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ހަވީރު 16:00 އާ ހަމައަށް އާއްމުކޮށް ހުޅުވައިގެން ހުދުމަތްދިނުން އަދި ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ޑެލިވަރީ ކުރުން ހުއްދަ ދީފައިވާކަމަށްވެސް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ތިނަދޫ ސްޓޭޑިއަމްގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު ކުޅޭ ދަނޑުތަކާއި ޓްރެކް އަދި ޖިމް ހުޅުވާލާފައިވާ ކަމަށް ތިނަދޫ ސްޓޭޑިއަމުން މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!