ޚަބަރު
ޔޮހާނީގެ ފޭނުންނަށް އުފާވެރި ޚަބަރެއް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހީންގެ ހިތްތަކާ ކުޅެލާފައިވާ ލަވަ ”މެނިކޭ މަގޭ ހިތޭ“ ގެ ކިޔުންތެރިޔާ ޔޮހާނީ މިވަނީ ވީޑިއޯ އެއް މެދުވެރިކޮށް އޭނާގެ ފޭނުންނަށް އުފާވެރި ޚަބަރެއް ދީފައެވެ.

“މެނިކޭ މަގޭ ހިތޭ” އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މަގުބޫލުކަން ލިބި، ޔޫޓިއުބްއިން ދިހަ މިލިއަން މީހުން އެލަވަ ބެލުމާއި ގުޅިގެން، ޔޮހާނީ ބުނީ ބެލުންތެރިންނަށް އާ ވީޑިއޯ އެއް ލަވައެއް ނެރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އޭނާގެ ސަޕޯޓަރުންގެ އެދުމުގެ މަތިން މިފިހަރު ނެރޭ ލަވައަކީ “މެނިކޭ މަގޭ ހިތޭ” ގެ ތަމަޅަ ބަހުން ކިޔާފައިވާ ލަވައެއް ކަމަށް ޔޮހާނީ ބުންޏެވެ.

އިތުރަށް ޔޮހާނީ ގެ ވިޑިޢޯގައި ބުނީ މި ލަވަ ބެލުންތެރިންނާއި ހަމަޔަށް މާދަން ނިކުންނާނެ ކަމަށެވެ.

އުމުރުން 27 އަހަރުގެ ސްރީލަންކާގެ ލަވަކިޔުންތެރިއާ ޔޮހާނީ ސިންގަޅަބަހުން ކިޔާފައިވާ ”މެނިކޭ މަގޭ ހިތޭ“ ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. ލަވަ ކިޔާފައިވަނީ ސަތީޝާން އެވެ.

Comment