ލަކުޑު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފް އިން ހާމަކުުރި ގޮތުގައި މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި، ދޯނި އަޑިޔަށް ދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް "ހުވަނދުމާ 2" ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުން، އެ ދޯނި ވަނީ އަޑިއަށް ގޮސްފައި. ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. pic.twitter.com/osOdWplMId
— Maldives National Defence Force (@MNDF_Official) May 25, 2022
މިއެކްސިޑެންޓުގައި ގެއްލުން ލިބިފައިވަނީ “ހުވަނދުމާ 2” ނަކަމަށް ކިޔާ މުދާ އުފުލާ ދޯންޏަކަށެވެ. މިދޯނި ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިިނުވެއެވެ.
“ހުވަނދުމާ 2” ދޯނި ސަފާރީގައި ޖެހި ފަޅައިގެންގޮސް އަޑިޔަށް ދިޔަ ހާދިސާ ހިނގާފައިވަނީ އެ ދޯނި ޓީޖެޓީ ސަރަހައްދަށް ވަން ފަހުން ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފައެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ދޯންޏެއް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް ލިބުނު ކަމަށާއި މިމައްސަލައިގައިި ބަލަންޖެހޭ ކަންތައްތައް ބަލަމުންގެންދާ ކަމަށެވެ.