ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިމަހު 18 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައިކިލޯ މަސްތުވާ ތަކެތި މިވަނީ އަތުލައިގެންފައެވެ.
ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ބައިކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.@MariyaDidi @AbdullaSh4reef pic.twitter.com/SQ2Nipy83a
— Maldives Customs (@CustomsMv) May 25, 2022
ޕާރުސަލްތަކުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ. ކަސްޓަމްސް އިން ވަނީ މި ތަކެތި ފުލުހުންނާއި މިހާރު ހަވާލުކޮށްފައެވެ.
ކަސްޓަމްސް އިން ބުނީ މިއަހަރުގެ މިހާތަނަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 6.3 ކިލޯގެ މަސްތުވާތަކެއްޗާއި އެއާކާގޯ ޝިޕްމެންޓެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.