ޚަބަރު
ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ޤައުމީ ދެމައްސަލައަކީ މަސްތުވާ ތަކެއްޗާއި ގޭންގު ކުށްތައް: ރައީސް

ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ޤައުމީ ދެމައްސަލައަކީ މަސްތުވާ ތަކެއްޗާއި ގޭންގު ކުށްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކާއިއެކު މިއަދު ފަށާފައިވާ “ވިއަވަތި ރާއްޖެ” ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ރައީސް ޞާލިޙް ވިދާޅުވީ  މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި ޤައުމީ ދެމައްސަލައަކީ މަސްތުވާ ތަކެއްޗާއި ގޭންގު ކުށްތައް ކަމަށާއި މިމައްސަލަތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާ ޝާމިލްވާކަމަށެވެ. އަދި މިފަދަ ކަންތައްތަކަކީ އެންމެ ފުނުގައި އިންތިޒާމްވެ ރޭވިގެން ހިންގާ ކަންކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ މައްސަލަތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލު ހޯދަން ޖެހިފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމަށާއި މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް ކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

“މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،” ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ދެން އޮތް އެންމެ ބޮޑު މައްސަލައަކީ މޫސުމަށް އަންނަ ބަދަލާއެކު ރަށް ގިރުމާއި، ފެންބޮޑުވެ އުދައެރުމަކީ ރަށްރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

  1. ސިޔާސީ ހަރަކާތަކީ އެއީ އޮންނަ އެއްޗެއްވެސް ނޫން ސިޔާސީއޭ ކިޔައިގެން މިއުޅޭ މީހުންނަކީ ހަޤީގަތުގައި ރައްޔިތުންނަށް އޮޅުވާލައިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން، ކަންކަމުގައި ހިޔާލު ފާޅުކުރެވެނީ ވަކިނަމެއް ކިޔާ ބައިގަޑެއް އުފައްދައިގެނެއްނޫން، ހިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެއް !