ޚަބަރު
ލޯންޗު އެކްސިޑެންޓުގައި ނިޔާވި މިސްބާހުގެ ކޮއްކޮ ވެންޓިލޭޓަރުން ނަގައިފި

ގއ.ވިލިނގިލީ ފަަޅަށް ވަންނަ އުޅެނިކޮށް ހިނގާދިޔަ ލޯންޗު އެކްސިޑެންޓެއްގައި ނިޔާވި މިސްބާހުގެ ކޮއްކޮ އިސްހާޤު ވެންޓިލޭޓަރުން ނަގައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ހިނގާދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުމުން އިސްހާޤުއަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާއި ހަވާލާދީ އާއިލާއިން ބައެއް މިޑިޔާއަށް މައުލޫމަތުދިން މީހަކު ބުނީ އިސްހާޤު ވެންޓިލޭޓަރުން ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ވެންޓިލޭޓަރުން ނެގިނަމަވެސް އޭނާ އޮތީ އައިސީޔޫގައި ކަމަށެވެ. އަދި އިސްހާޤުގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ވަނީ މީޑޔާއަށް މައުލޫމާތުދީފައެވެ.

މީގެއިތުރުން މިހާދިސާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ގައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާތީ އޭނަގެ ސާޖަރީ ހެދުމަށް ތިންދުވަސް ވަންދެން އޮކްސިޖަން ލެވަލް ބެލުމަށް ވެންޓިލޭޓަރުން ނެގީ ކަމަށާއި ތިންދުވަސްފަހުން ސާޖަރީ ހަދާނެ ކަަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިހާދިސާގައި އަނިޔާ ލިބުނު 3 މީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އޭގެ ތެރެއިން އެކަކު މިހާރު ފަރުވާއަށް ފަހު ދޫކޮށްލާފައިވާއިރު އަނެކަކުގެ ހާލު ރަނގަޅުކަމަށް އިސްހާގުގެ އާއިލާއިން ބުންޏެވެ.

މި ޙާދިސާގައި ހިންގާފައިވަނީ މި މަހުގެ 21 ވަނަދުވަހުރޭ 9:00 ޖަހާކަށް ހާއިރު ރިސޯޓަކުން އެމީހުން ނަގައިގެން ވިލިނގިލީ ފަޅު ތެރެއަށް ލޯންޗު ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހިގެންނެވެ. މި ހާދިސާގައި މަރުވީ ވިލިނގިލި ދޫރެސް މިސްބާޙް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!