ގދ. ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ގޮތުން މަގުތަކުގައި ތާރު އެޅުމުގެއަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރިގޮތުގައި ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޭބީސީ ލޭޔަރ އަޅަން މިއަދު ވަނީ ފަށާފައެވެ.
ގދ.ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޭބީސީ ލޭޔަރ އަޅަން މިއަދު ވަނީ ފެށިފައި.#TeamRDC pic.twitter.com/X8alOeDdqb
— Road Development Corporation Ltd (@rdcmaldives) May 28, 2022
މިމަޝްރޫޢުގެ ދަށުން އެރަށުގެ ހަ މަގެއް ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގައްދޫގައި ހެދުމަށް ހަމަޖެހިފައި ވަނީ ހަ ކިލޯމީޓަރުގެ (65،381.24 އަކަމީޓަރު) ގެ މަގެވެ.
އެހެންކަމުން މިމަސައްކަތަށް ބޭނުންވާ ސާމާނު ވަނީ މިދިޔަ މާރޗްމަހު އެރަށަށް ގެންގޮސްފައި ކަމަށް އާރުޑީސީން ވަނީ ހާމަކޮށްފައެވެ.
އެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.