ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިންތިހާބުގައި ވާދަ ކުރެވިގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕޮރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައިސް މައުމޫން ވިދާޅުވީ ކުށެއް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް އެކުށުގެ އަދަބު ލިބުން އެއީ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައެވެ. މިވާހަކަ ދައްކަވަމުން ރައިސް ޔާމިން ޖަލުގައި އޮންނެވިކަން ފާހަގަ ކުރައްވައި ވިދާޅުވީ ޖަލުގައި އޮވެގެން އިންތިހާބުގައި ވާދަ ކުރުވެގިން ނުވާނެ ކަމުގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، ހުކުމް ތަންފީޒު ކޮށް ނިމި މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ އެއްވެސް މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައިސް ޔާމިން މިހާރު ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވެސް ބޮޑެތި ތުހުމަތު ތަކެއް ދަނީ ކުރެވި މި ކަންތަށް ދަނީ ތަހުގީގު ކުރެވެމުންނެވެ.