ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ދިވެހިޓީމު ބަލިވެއްޖެ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގުރޫޕް ސީގެ އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ތައިލެންޑް އަތުން 3-0 ގެ ނަތީއްޖާއަކުން ދިވެހި ޤައުމީ ޓީމު ބަލިވެއްޖެ އެވެ.

އުޒްބެކިސްތާންގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ތައިލެންޑުން ވަނީ ރާއްޖޭގެ ހާފުތެރޭގައި ގިނަ ވަގުތު ބޯޅަގެންގުޅެ ދިވެހިޓީމުގެ ގޯލައް ނުރާއްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހާފުގައި ދިވެހިޓީމުން ވަރަށް ބޮޑަށް ފަހަތައްޖެހި, ފުރަތަމަ ހާފުގެ 40 ވަނަ މިނެޓާއި ހަމައަށް ރޭވުންތެރިކަމާއި އެކު ރަގަޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައި ވެއެވެ.

ތައިލެންޑުން މެޗުގެ ލީޑުނެގީ ފުރަތަމަ ހާފުގެ 41 މިނެޓްގައި އެޓީމުގެ ކުޅުންތެރިޔަކު ދިވެހިޓީމުގެ ގޯލުކުރިމައްޗަށް ހުރަސްކޮދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސަރާކް ޔޫޔެން ކާމިޔާބުކޮށް ދިން ގޯލަކުންނެވެ. ޔޫޔެން ފޮނުވާލި ބޯޅަ ގޯލައް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ. އެޓީމުގެ ދެވަނަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދިވެހި ޓީމުގެ ޑިފެންޑަރުންނައް ހެދުނު ގޯހެއްގެ ފައިދާނަގައި މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ތަޖުރިބާކާރު ފޯވާޑް ޓީރާސީލް ޑަންގްޑާ އެވެ.

ފުރަތަމަ ހާފުގައި ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދިވެހި ޓީމުގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ތައިލެންޑުގެ ގޯލު ކުރިމައްޗައް ހުރަސްކޮއްދިން ބޯޅަ ތައިލެންޑުގެ ޕެނަލްޓީ އޭރިޔާތެރޭގައި މުޅިން ހުހަންހުރެ އިއްބެ ބޮލުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ރަގަޅައް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި 2-0 ގެ ލީޑެއް އޮތުމުން ތައިލެންޑުން ކުޅެމުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. އަދި މި ހާފުގައި ދިވެހި ޓީމުން ކުޅުން ރަގަޅުކޮށް ފުރުސަތުތަކެއް ވެސް ތަނަވަސް ކުރިއެވެ. ނަމަވެސް ތައިލެންޑުގެ ގޯލައް ނުރައްކާވާވަރުގެ ހަމަލާއެއް ފޮނުވާލެވިފައެއް ނުލެވެއެވެ.

ތައިލެންޑްގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރ ޕަންސާ ހެމްވީބޫން އެވެ. އެންމެ ފަހުން މި ދެޓީ ވާދަކޮއްފައި ވަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 2012 ވަނަ އަހަރުގައެވެ. އެ މެޗު ވެސް ނިމިފައި ވަނީ 3-0 ގެ ނަތީއްޖާއަކުން ތައިލެންޑު މޮޅުވެގެންނެވެ.

މި ގުރޫޕްގެ ދެވަނަ މެޗުގައި ރޭ އުޒްބެކިސްތާނުން ވަނީ 3-0 ސްރީލަންކާ ބަލިކޮއްފައެވެ. ރޭ ކުޅެވުނު ކޮލިފައިން މިސަރަހައްދުގެ އެހެން ޓީމުތަކުގެ ނަތީއްޖާތަކައް ބަލާއިރު އިންޑިޔާ ވަނީ 2-0 ކެމްބޯޑިޔާ ބަލިކޮއް ކޮލިފައިންގެ ފެށުން ރަނގަޅުކޮއްފައެވެ. ބަންގްލަދޭޝް ބަހުރެއިން އަތުން 2-0 ބަލިވި އިރު ހޮންކޮންގް ވަނީ 2-1 ން އަފްގާނިސްތާނު ބަލިކޮއްފައެވެ.

ކޮލިފައިންގައި ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ގުރޫޕް ގެ ފަހު މެޗުގައި ސްރީލަންކާ އާއި ދެކޮޅަ ދިވެހި ޓީމު ނުކުންނާނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. ހަ ގުރޫޕް ހިމެނޭ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާ ޓީމު ސީދާ އަންނަ އަހަރު ބާއްވާ މުބާރަތަށް ކޮލިފައި ވާނެ އެވެ، ހުރީ ގުރޫޕަކުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމަށް ވެސް މުބާރާތުން ޖާގަ ލިބޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!