ކުޅިވަރު
ދެވަނަ މެޗުންވެސް ބަލިވެ މިފަހަރުވެސް މިވީ ތަޖުރިބާ ދަތުރަކަށް

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެމެޗުން ވެސް ބަލިވެ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމުގެ ފުރުސަތު ދިވެހި ޓީމަށް ގެއްލިއްޖެއެވެ. ކޮލިފައިން ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 3-0 ން ބަލިވި އިރު މިރޭ އުޒުބަކިސްތާން އަތުން ރާއްޖެ ބަލިވީ 4-0 ގެ ތަފާތު ބޮޑު ނަތީއްޖާއަކުންނެވެ.

މި ރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓްގައި އުޒްބެކިސްތާނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލު ހޯދާފައެވެ. މި ލަނޑު އެޓީމައް ކާމިޔާބުކޮއްދިނީ އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އެލްޑޯ ޝޮމޯރޮޑޯވް އެވެ. މެޗުގެ ވަރަށް ކުރީކޮޅު އުޒުބަކިސްތާނުން ލަނޑެ ކާމިޔާބުކުރި ނަމަވެސް ފުރަތަމަ މެޗެކޭ އެއްގޮތައް މި މެޗުގައިވެސް ދިވެހިޓީމުން ވަނީ, މި ވަގުތު ފީފާ ރޭންކިންގެ 88 ވަނާގައި އޮތް އުޒްބެކިސްތާނާާއި ދެކޮޅަށް ރަނގަޅު ޑިފެންސިވު ކުޅުމެއް ދައްކަދީފައެވެ. ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމިފައި ވަނީ އިތުރު ލަނޑެއް ނުފެނި 1-0 ގެ ލީޑާއެކު އުޒްބެކިސްތާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށުނުތަނާހެން އުޒުބަކިސްތާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ 2-0 ބަދަލުކޮއްފައެވެ. ދެވަނަ ހާފުގެ 51 މިނެޓްގައި މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އެލްޑޯ ޝޮމޯރޮޑޯވްއެވެ. އަދި ފަހުހާފުގެ 80 މިނެޓްގައި ޝޮމޯރޮޑޯވް ވަނީ އުޒުބަކިސްތާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. އުޒުބަކިސްތާނުގެ ހަތަރު ވަނަ ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރ އޮސްޓަން ޔުރްނޯވް އެވެ.

ގުރޫޕް ސީ ގައި ސްރީލަންކާ ވާދަކޮށް 2-0 ތައިލެންޑް މޮޅުވިއިރު, ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު 2-1 އަފްގާނިސްތާން ބަލިކޮށް އިންޑިޔާ ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. މި ސަރަހައްދުގެ އެހެން ޓީމުތަކުގެ ނަތީއްޖާތަކަށް ބަލާއިރު ތުރުކްމެނިސްތާން އަތުން 2-1 ން ބަންގުލަދޭޝް ބަލިވިއިރު ނޭޕާލް އާއީ ކުވޭތް ވަދަކުރި މެޗު 4-1 ން ކާމިޔާބުކުރީ ކުވޭތު އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން އޮތީ ލަންކާގެ މެޗެވެ. އެ މެޗު އަންނަ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:30 ގައި ކުޅޭ އިރު, އެ ރޭ 8:30 ގައި ތައިލެންޑާއި އުޒްބެކިސްތާން ވާދަކުރާ މެޗު އޮންނާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!