ރިޕޯޓް
ދީނީ ހަރުކަށިފިކުރު އުފެދެނީ ކިހިނެއް ހެއްޔެވެ؟

“ދީނީ ހަރުކަށިކަމުގެ އަލިފާންގަނޑު އަންދާ ދަރަކީ ސިޔާސީ އިސްތިބްދާދާއި އެކަމާ ގުޅިފައި އޮންނަ މުޖުތަމައީ ނާއުއްމީދުވުން އުފައްދާލާ ގޮތް ހުސްކޮށްލުމެވެ.”
މިއީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ މަރްހޫމާ ބޭނަޒީރުގެ ބަސްފުޅެކެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ ދީނީ ހަރުކަށި ފިކުރު ގުޅެނީ ‘މުޖުތަމައީ ނާއުއްމީދު ވުމާއެވެ.’ މާނައަކި މުޖުތަމައުގެ މައްސަލަތަކަށް ހައްލެއް ލިބުމަކީ ނުވާނޭ ކަމެއް ކަމަށް ބަޔަކަށް ގަބޫލުކުރެވުމެވެ. މުޖުތަމައުގެ ގިނަ ބައެއްގެ މުހުތާދުކަމާއި ފަގީރުކަމަށް ހައްލެއް ނުހޯދުމެވެ. މުޖުތަމައުގެ އިޖުތިމާއީ ބަލިތަކަށް ފަރުވާއެއް ނުލިބުމެވެ. ވައްކަމާއި ޚިޔާނާތާއި ފަސާދައިގެ ބަލިތަކަށެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި ވިއްކުމާއި އެކަމާ ގުޅިފައި އޮންނަ ހަށިވިއްކުމާއި އަދި އެނޫންވެސް ޖަރީމާތަކުގެ ބަލިތަކެވެ. ސިޔާސީ ވެރިން ރިޝްވަތާއި ކަޓު ނެގުން ފަދަ ފަސާދައިގެ ބަލިތަކަށެވެ.

މިދެންނެވި މުޖުތަމައީ ނާއުއްމިދުވުން އުފެދެނީ ކިހިނެއް ހެއްޔެވެ؟ ވެރިކަމުގައި އިސްތިބްދީދީ ސިފަ ޖެހި، އެކެއްގެ ނޫނީ މަދު ބައެއްގެ އަތްމަތީ ވެރިކަން ހިސޯރުވެ، ތަނުގެ ހުރިހާ ޚައިރާތަކީ އެމީހުންގެ ބޭނުމަށް އޮންނަ އެއްޗިއްސައްވެ، އާންމު މީސްތަކުންނަށް ހެޔޮ ދިރިއުޅުމެއް ލިބިގަތުމުން މުޅިން ނާއުއްމީދު ވުމުންނެވެ.

މުޖުތަމައުގެ ކަންތައްތައް މިފަދަ ހާލަތަކަށް ދިޔުމުން އެކިއެކި ހަރުކަށި ފިކުރުގެ އަގީދާތައް އުފެދެން މެދުވެރިވެއެވެ. މިދިޔަ ގަރުނުގައި ކޮމިޔުނިސްޓު ހަރުކަށި ފިކުރުގެ އަގީދާ ބައެއް ތަންތަނުގައި ފެތުރެން ދިމާވީ މި ނަންގަތް ސަބަބާ ހެދިއެވެ. އަދި، ހަމައެހެންމެ ދީނީ ހަރުކަށި ފިކުރުވެސް އުފެދެނީ މައިގަނޑު ގޮތެއްގައި މި ސަބަބާ ހުރެއެވެ. އިސްލާމީ މުޖުތަމައުތަކުގެ ތެރެއިން ގިނަ ތަންތަނުގައި އޮތީކީ ދީނީ ވެރިކަމެއް ނޫނެވެ.

ނަމަވެސް، މިވީ ހަތްދިހަ ވަރަަކަށް އަހަރު ދުވަހުގެ ތެރޭގައި މުޖުތަމައީ މައްސަލަތަކަށް، ޚާއްސަ ގޮތެއްގައި ފަގިރުކަމަށް، މުސްލިމު ގިނަ ގައުމުތަކަށް ހައްލެއް ހޯދިފައެއް ނެތެވެ. އާދެ، އެ ތަންތަނުގެ ސިޔާސީ ނިޒާމު ވަނީ، އެކަން ކުރުމަށް، ފޭލިވެފައެވެ. އެހެންވެ، މި ފޭލިވުން ދީނީ ހަރުކަށި ފިކުރާއި އަދި ދީނީ ނޫން ހަރުކަށި ފިކުރަށް ވެސް މަގުފަހިކޮށް ދެނީއެވެ. އެހެންވެ، ކުރިން ވެސް ބުނި ފަދައިން، ދީނީ ހަރުކަށިކަން ނެތިކޮށްލަން ބޭނުންވާ ނަމަ، މަތީގައި ނަންގައި މުޖުތަމައީ މައްސަލަތައް ހައްލުކުރުން، ތަނުގެ ސިޔާސީ ނިޒާމުގެ ތެރެއިން ހޯދޭތޯ މަަސައްކަތް ކުރަންވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!