ރިޕޯޓް
ވާނުވާގައި ހުރި “މަދިރިވަޅު” ތަކާއި “ފަރުބަދަ” ތަކުގެ ބަލަދުވެރިން 12 އަހަރު ފަހުން ހޭލެވިއްޖެ!

ކުރީގެ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް އަލަށް އުފެދުނު މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަން ފެށުމާއިއެކު ފެށި, ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންޑިޔާގެ ޓާޓާ ކުންފުންޏާ ޙަވާލު ކޮށްގެން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ފްލެޓްތަކެއް އަޅަން ފެއްޓިތާ މިހާރު 12 ވަރަކަށް އަހަރު ވީއެވެ.

ރަށުގެ އުތުރު ފަރާތުން އަލަށް އާބާދުވާން ފެށި ބިމުން 40000 އަކަފޫޓުގެ ބިމެއްގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ބެހެއްޓުމަށް ބޮޑު ސަރަހައްދެއް އެ ކުންފުންޏާ ޙަވާލު ކުރި ފަހުން އިތުރު 3 ރައީސުން ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެއެވެ. ނަމަވެސް ރަށުގެ މީހުން އެންމެ ގިނައިން ހޭލަމޭލައަށް އުޅެމުންދާ އެ ސަރަހައްދުގެ ބިން އެއޮތީ މަސައްކަތް ފެށި ހިސާބުގައެވެ. ޢިމާރާތް ތަކުގެ ފައުންޑޭޝަންތަކަށް ވަޅު ކޮނުންލު ހިސާބުން ވަޅުޖެހިފައެވެ. އެ ބިމުގެ ވަށައިގެން އެކި އިމާރާތްތަކާ ތަންތަން ހެދި އޮފީސް ތަކާ ރެސްޓޯރެންޓްތައް ހެދި މީހުން ގެދޮރު އިމާރާތް ކޮށް އާބާދުވެ ނިމުނު އިރުވެސް، ޓާޓާ ކޮށި އޮތީ މަދިރި އާލާ ކުރާ ފެންގަނޑެއްގެ ގޮތުގައެވެ.

ޓާޓާ މަދިރި ކޮށީގެ ދެކުނަށް އަތޮޅު ކައުންސިލްގެ އިރަށް އޮތް ބިން އޮތީ މާ ނުބައި ކޮށެވެ. މުޅި ސަރަހައްދު ސިފަވަނީ ފަރުބަދަ މަތީ ޖަންގައްޔެއްހެނެވެ. ގެނައި ހިލަ އާއި ހިލަވެލިތައް ގަސްބޯ ފަރުބަދަ ތަކެއް ހެނެވެ. ގެނައި އެތައް ހާސް ޓަނުގެ ރިންގު ދަނގަޑުތައް އެހެރީ ދަބަރަށް ވެފައެވެ.

ޓާޓާ އަށް ފްލެޓް އެޅުމަށް ސަރުކާރުން ބިން ދިނީ ރަށް ތަރައްޤީ ކުރުމުގެ ނިޔަތުގައި ކަން ކަށަވަރެވެ. ތިނަދޫ އަށް ލިބެމުންދާ ތަހުޒީބީ ކުރިއެރުމަށް ރަން ބޮޅެއް އިތުރު ކުރުމުގެ މަޤްޞަދުގައި ކަން ޔަޤީނެވެ. ނަމަވެސް އެ ބޮޅުވީ ތިނަދޫގެ ތަރައްޤީގެ ޗޭނަށް އިތުރުވި ދަބަރު ބޮޅަކަށެވެ. ރަށުގެ މޫނުމަތީގެ ހެދި ބޮޑު ކުނި ގޮނޑަކަށެވެ. ރައްޔިތުންގެ ސިއްހަތައް ނުރައްކާތެރި ބިރުވެރި ކަމަކަށެވެ. ނުރައްކާތެރި ބަލިތައް ފަތުރަން ހެދި ބޮޑު ހާއްޔަކަށެވެ.

ކޮންމެއަކަސް މިދެންނެވި ޓާޓާ މަދިރި ފެންގަނޑާ ފަރުބަދައިގެ ކުނި ގޮނޑު އެހެން އޮންނަތާ އެތައް އަހަރެއްވީއެވެ. ވަށައިގެން ޖެހި ޓިނުތައް ވެސް ނެތްތާ އެތައް ދުވަހެއްވީއެވެ. އެ ބިމަކާ ބެހޭ އޮފީހެއް ވުޒާރާއެއް މި އުޑު ހިޔަލުގެ ދަށުގައި ހުރިހެން ހީނުވެއެވެ. އަޅަން އުޅުން ފްލެޓެއް ވެސް އޭގެ ކުރެހުމެއްވެސް އޮތް ތަނެއް ވެސް އިނގޭ ވެރިޔަކު ހުރިހެން ހީނުވެއެވެ. ނަމަވެސް ކުއްލިއަކަށް އެތަނުގެ ވެރިފަރާތް ވިހައިފިއެވެ. އިމާރާތް ކުރަން ގެނައި ތަކެތީގެ ވެރިފަރާތް ވެސް ފެނިއްޖެއެވެ. ބަލަދު ވެރިފަރާތަށާއި ބެލެނިވެރިޔާވެސް ފެނިއްޖެއެވެ. ރަށް މެދަށް ވިހައިފައި ދަރީގެ މައިންބަފައިން ފެނިއްޖެއެވެ.

މިހާރު ވެގެން އުޅޭ ގޮތަކީ ޕްލޭނިން މިނިސްޓްރީން ތިނަދޫ ގައި ހުންނަ ޕަބްލިކް ވޯކްސްގައި އެދިގެން އެތަނުގައި ހުރި ހިލަވެލިތައް ނަގައިގެން ޕަބްލިކް ވޯކްސްގެ ގޯތިތެރެއްށް ގެންދަން ފެށުމުން ތިނަދޫ ކައުނަސިލުން އެކަން ހުއްޓުވަން އުޅުމެވެ. ކައުންސިލުން ތަކުރާރުކޮށް ބުނުމުން ދަނީ އެ ކައުންސިލަށް އެންގުމެއް ނެތި އެމީހުންގެ ބިމެއްގައި އެމީހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނަގާކަމަށެވެ. އަނެއް ކޮޅުން ސަރުކާރުގެ މިނިސްޓްރީ ކަމުގައިވާ ޕްލޭނިން މިނިސްޓްރީން ރަސްމީ ލިޔުން މެދުވެރިކޮށް އަންގަމުން ދަނީ އެ ތަކެއްޗަކީ ޓާޓާ އަށް ބަދަލު ދީ އެ މިނިސްޓްރީ އަށް ނަގާފައިވާ ތަކެތި ކަމަށެވެ.

ކޮންމެއަކަސް މައްސަލަ ވަރަށް ހޫނު ވެއްޖެއެވެ. އަނެއްކޮޅުން ހިލަވެލި ބެހެއްޓިފައިވާ ބިމަކީ މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢު އަށް ބޭނުންވާ މަގެކެވެ. މަގު ހުސް ކުރުމުން ނޫނީ އެ މަގުގައި މަސައްކަތް ކުރިޔަކަށް ނުގެންދެވޭނެއެވެ.

ހިލަވެލި ތަކާ ބަގުޑި ބެއްދުމުގެ ކުރިމަތިލުން މިހާރު އެ އޮތީ ކޯޓަށް ވައްދާފައެވެ. ތިނަދޫ ކައުންސިލުން އިއްޔެ ވެއްދި މި މައްސަލައާ ގުޅިގެން ތިނަދޫ ކައުންސިލުން ހުށައަޅާފައިވަނީ އެކަން ހުއްޓުވުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިއެވެ.

ކޮންމެ އަކަސް މި ފަދަ ކަންކަން ހިގާ ހިސާބަށް ގޮސްފައިވާއިރު ވެސް އެ ތަނުގައި އާންމު ރައްޔިތުންނަށް ނުރައްކާތެރިކަން އުފެދޭ ގޮތަށް ކޮނެފައި ހުރި މަދިރި ވަޅު ތަކަށް ފަސް އަޅައި އެތަން ރަނގަޅު ކުރަން ރައްޔިތުން ސޯޝަލް މީޑިއާ އާއި އެކި ގޮތްގޮތުން އުފުލާ އަޑު ތަކަށް ކަންފަތެއް ދޭނެ ވިސްނުމެއް އެއްވެސް ބަޔަކު ގެންގުޅޭހެން ހީނުވެއެވެ.

 1. ތެނަދޫ

  ޓާޓާ ކުންފުންޏެއް ނޫން.ރަގަޅު ގޮތަކީ އޯއައިއޭ

 2. ހާލުފޮޅި ފޮޅި

  ދެން ބުނާނެ ރަށުން ބޭލުވީމަ ބާލައިފިޔޭ.. ލޮލް

 3. ކާއި

  ޓާޓާ ކުންފުނިން ކުރަންފެށި މަސައްކަތް ހުއްޓުވީ ކޮންބައެއްކަން ބުނެލިނަމަ ލިޔުން ވަރަށް ފުރިހަމަވީސް