ވިޔަފާރި
ޚަރަދު ބޮޑުވެ، އައިލެންޑް އޭވިއޭޝަނަށް 159 މިލިއަން ރުފިޔާގެ ގެއްލުން

ހަރަދު ބޮޑުވެ، އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު 159 މިލިއަން ރުފިޔާގެ މާލީ ގެއްލުމެއް ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2 ވަނަ ކުއާޓަރުގައެވެ. އެއީ 99 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އައިއޭއެސްއަށް 3 ވަނަ ކުއާޓަރުގައި 326 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، 4 ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 425 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ނަމަވެސް ކުންފުނީގެ ހަރަދުތައް އާމްދަނީއަށް ވުރެ މާ ބޮޑަށް އިތުރުވެފައިވާތީ 3 ވަނަ ކުއާޓަރާ އަޅާބަލާއިރު 4 ވަނަ ކުއާޓަރުގައި ގްރޮސް ޕްރޮފިޓް މާޖިން ވަނީ ދަށްވެފައެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ކުންފުނީގެ ޖުމްލަ ހަރަދުތައް 21 ޕަސެންޓަށް ބޮޑުވެފައިވާއިރު، ހަތަރު ވަނަ ކުއާޓާ ނިމުނުއިރު 24.7 މިލިއަން ރުފިޔާގެ ސާފު ގެއްލުމެއް ވަނީ ކުރިމަތިވެފައެވެ.

ކުންފުނީގެ ހަރަދުތައް އިތުރުވި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންޝުއަރެންސް އާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ބޮޑުވުންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ފިނޭންސްގެ ރިޕޯޓްގައި އައިލެންޑް އޭވިއޭޝަނަށް ލިބޭ ގެއްލުމުގެ މިންވަރު ދަށްކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!