ފެންޑާ
ހައްތަހާ ވެސް މޮޔައިންނެވެ! އިސްލާހުވުމުގެ އުއްމީދެއް ނެތެވެ

މޮޔައިންގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރެއް މަސައްކަތް ނިންމަވާފައި ގެއަށް ވަޑައިގެން ފިކުރުބޮޑުވެފައި އިންނެވުމުން، އަންހެނުން ސުއާލުކޮށްލިއެވެ. އަނެއްކާ ކިހިނެއްވީ ތޯއެވެ؟ މިއަދު ބަލިމީހުންގެ ހާލު މާ ބޮޑަށް ގޯސްވީތޯއެވެ؟

ޑޮކްޓަރު ޖަވާބުގައި ވިދާޅުވިއެވެ. މޮޔައިން އިތުރަށް ގޯސްވާނެ ފުރުސަތެއް ނެތެވެ. މޮޔައިންވާނީ ހަމަ މޮޔައިންނަށް ނޫން ހެއްޔެވެ؟ މިއަދު ކުޑަކޮށް އުއްމީދު އަލިވެފައި އުއްމީދު ގެއްލުނެވެ. އެއީ ކީއްވެތޯއެވެ؟ އަންހެނުން އިތުރަށް އޮޅުން ފިލުވާލުމުގެ އެދުމުގައި ސުއާލުކޮށްލިއެވެ. ޖަވާބުގައި ޑޮކްޓަރު ވިދާޅުވިއެވެ. “މިއަދު އަހަރެން ހޮސްޕިޓަލަށް ވަދެގެން ދިޔައިރު، މައި ދޮރު ދޮށުގައި ދެ މޮޔައިން ޒުވާބުކުރަން ތިއްބެވެ. އެމީހުން ކިޔަނީ ކީކޭތޯ އަޑު އަހާލަން އެމީހުންގެ ކައިރިއަށް ޖެހިލީމެވެ. ކޮންމެ މީހަކު ވެސް ދައުވާ ކުރަމުން ގެންދިޔައީ އޭނާއަކީ ކަލާނގެ ކަމަށެވެ. ހަމަ އެކަކުވެސް އަނެކަކަށް ދޫނުކޮށް ކޮންމެ މީހަކުވެސް އޭނާ ބުނާ އެއްޗެއްގައި ހިފައިގެން ދަމަދަމާ ތިއްބެވެ.

އަދި މި ދެ މޮޔައިންގެ ޒުވާބުގެ އަޑު އަހަން އެއްފަރާތެއްގައި ހަމަ ހިމޭނުން ތިން ވަނަ މޮޔައަކު ހުއްޓެވެ. އޭނާ ހިމޭނުން ހުރުމުން އޭނާ ކައިރިއަށް ގޮސް އަހަރެން އަހާލީމެވެ. މި ތިބަ ދެމީހުން މި ކިޔަނީ ކީކޭ ހެއްޔެވެ؟ ދެން ތިން ވަނަ މޮޔަ ބުންޏެވެ. “ނިކަން ދެކި ބަލާށެވެ! މީ ކިހާ ބޮޑު ދެ މޮޔައިން ހެއްޔެވެ؟ އެ ދެ މޮޔައިން ޒުވާބުކޮށް އުފުލާ ދައުވާގެ އަޑު އަހާލަބަލާށެވެ. ކޮންމެ މީހަކުވެސް ބުނަމުން އެގެންދަނީ ތިމަންނާ އަކީ ކަލާނގެ ކަމެވެ.”

“ތިން ވަނަ މޮޔައިގެ ވާހަކަ އަޑު އަހައި އުފާކުރީމެވެ.” ޑޮކްޓަރު އަންހެނުން ގާތު ބުންޏެވެ. “އަހަރެން ހީކުރީ މީނާގެ މޮޔަކަން ފިލައި ރަނގަޅުވީ ކަމަށެވެ. ދެން ޔަގީން ކޮށްލުމުގެ ގޮތުން އަހަރެން އޭނާ ކުރެން އަހާލީމެވެ. ‘އެމީހުން އެކަކު އަނެކަކަށް ތިމަންނާއަކީ ކަލެކޭ ކިޔައި ދައުވާ ކުރުމުގެ މައްސަަލައަކީ ކޮބާ ހެއްޔެވެ؟”

ދެން ޖަވާބުގައި ތިން ވަނަ މޮޔަ ކަލޭގެ ބުންޏެވެ. “އެއީ ކިހާ ބޮޑު ދެ މޮޔައިން ހެއްޔެވެ؟ ތިމަން ކަލާނގެ އެމީހުން ކައިރީގައި ފެންނަން ހުރިއިރު ވެސް އެކަން އެމީހުންނަކަށް ނޭނގުނެވެ!”

ދެން ޑޮކްޓަރު އަންހެނުން ބުންޏެވެ. ތިކަމުގައި ފިކުރު ބޮޑުވާންވީ މައްސައެއް ނެތެއް ނޫން ހެއްޔެވެ؟ ތީ ހައްތަަހާ ވެސް ބުއްދިފިލައި ގޮއްސައިވާ މީހުން ނޫން ހެއްޔެވެ؟

އަންހެނުންނާ ދިމާއަށް ބަލާލައިފައި ޑޮކްޓަރު ބުންޏެވެ. މޮޔައިން ހަމައިން ނެއްޓި މޮޔައިންގެ ގޮތުގައި އުޅެ މޮޔަ ގޮވުމަކުން ކަންބޮޑުވާކަށް ނުޖެހެއެވެ. ނަމަވެސް ހަމައިގައި ތިބެން ޖެހޭ މީހުން ހަމައިން ނެއްޓި މޮޔަ ގޮވާން ފެށުމުން ކަންބޮޑުވާން ޖެހެއެވެ. ދެމީހަކު މީހަކާ ދިމާއަށް ކަޅޭ ދޮނޭ ބާޣީއޭ ބާޣީއެއް ނޫނޭ ގޮވުމުން، ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ބަލައި ނިންމިދާނެއެވެ. ނަމަވެސް، ގާނޫނާ ގަވާއިދުތައް ބަލަހައްޓާ މަޖުލިސް އެ އަރާރުމުގައި ބައިވެރިވެ، ގަވާއިދެއް ގާނޫނެއް، ހަމައެއް ލަމައެއް ނެތް ކަމަށް ބަލައި، އެ އަރާރުމުގައި ވަކި ކޮޅެއް ނަގައި ހަޅޭލަވާން ފެށުމުން، އަހަރުމެންގެ ހާލަތު އޮތް ދަށު ދަރަޖަ ވިސްނި ކަންބޮޑުވީއެވެ. މޮޔައިން މޮޔަ ގޮވައިގެން ކަންބޮޑުވީކީ ނޫނެވެ. ހަމައިގައި ތިބެން ޖެހޭ މީހުން ހަމައިން ދުުުރުވެ، މޮޔައިނަށް ވުރެ ދަށު ދަރަޖައަށް ވެއްޓުނީމާ ކަންބޮޑުވީއެވެ. ހުސް މޮޔައިންނަށް ވީމާ ދެން އިސްލާހެއް އައުމުގެ އުއްމީދެއް ކުރެވިދާނެ ހެއްޔެވެ؟ ކޮންމެ މީހަކު ވެސް ތިމަންނާ އަކީ ކަލާނގެ ކަމަށް ދައުވާކޮށް ތިބޭނީ އެވެ. އެހެން މީހުން އެކަމަށް ހިތްވަރު ދިނުމުގައި އަތުކުރި އޮޅާލައިގެން ތިބޭނެއެވެ. އާޚިރު ނަތީޖާއަކީ ކޮބާ ހެއްޔެވެ؟

ޖަވާބުގައި ހިތަށް އަންނަނީ ދެ ހަރު ބަހެކެވެ. އެއް ބަަހެއްގައި އޮންނަނީ މިހެންނެވެ. ‘ކަންކަން، އެކަން ކަމުގެ އަހުލުވެރި ނޫން މީހުންނާ ހަވާލުކުރެވުމުން، ދެން، ތަން ފަސާދަވެ ހަލާކުވާކަށް ލަހެއް ފަހެއް ނުވާނެއެވެ’. އަނެއް ހަރު ބަހުގައި އޮވެއެވެ. ‘ގައުމުތައް ދެމި އޮންނަނީ އެ ގައުމުގެ މީހުންގެ މެދުގައި އަޚުލާގީ މާތް ސިފަތައް ދެމިއޮތް ހާހިނދަކުގައެވެ. އެމީހުންގެ ތެރެއިން އަޚުލާގީ މާތް ސިފަތައް ނެތި ހިނގައްޖެ ނަމަ، އެ މީހުން ވެސް ނެތި ހިނގައިދާނެއެވެ’. އިހުގެ ބޮޑެތި ބޮޑެތި ހަޟާރަތްތައް ވެސް ނެތި ދިޔައީ އެމީހުންގެ ތެރެއިން ރީތި އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!