މަޢުލޫމާތު
ކައިވެންޏަށް މައިންބަފައިން ނުފޫޒު ފޯރުވުން

އަންހެނަކާ ފިރިހެނަކު ކައިވެނިކޮށްގެން ރަނގަޅު ދިރިއުޅުމެއް އުޅެމުން ދަނިކޮށް، އެދެމަފިރިންގެ ކައިވެނީގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަދެ، ގޮތްކިޔައި، ނުފޫޒު ފޯރުވައި ހެދުމަކީ އެއީ ރަނގަޅު ކަމެއް ނޫނެވެ. ޚާއްޞަކޮށް ހަމަޖެހޭ ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް ދެމަފިރިން ވޭތުކުރަމުންދާ ނަމައެވެ.މިއާ ޚިލާފަށް އަނބިމީހާގެ ޙައްޤުތައް އާދާނުކުރެވި، އަނބިމީހާއަށް ކައިވެނީގެ ސަބަބުން ގެއްލުން ލިބި، އަނިޔާ ލިބި، އުފާވެރި ދިރިއުޅުމެއް ނުލިބި، ހިތާމައާއި ހިތްދަތިކަމުގައި އުޅެމުންދާނަމަ، އަނބިމީހާގެ ދީންވެރިކަން ނުނެގެހެއްޓި، އަނބިމީހާގެ ދީންވެރިކަން ގެއްލި، އިސްލާމްދީނާ ރިވެތި އަދަބު އަޚްލާޤާ ޚިލާފު ކަންކަން އަނބިމީހާ ކުރުމަށް ފިރިމީހާ މަޖްބޫރު ކުރުވަމުން ދާނަމަ، މިފަދަ ޙާލަތެއްގައި އަނބިމީހާއަށް ކުރިމަތިވެފައިމިވާ ދަތި އުނދަގޫތަކުން އަނބިމީހާ ސަލާމަތްކޮށް ދިނުމަށްޓަކައި އޭނާގެ މައިންބަފައިންނަށް އޭނާ ކައިވެނި މަތީގައި ދެމި ނުހުރުމަށް އޭނާއަށް އެގޮތަށް މަޝްވަރާ ދެވިދާނެއެވެ. އެކަމަކު އެކަން އެގޮތަށް ކުރަންވާނީ ފިރިމީހާއަށް ނަޞީޙަތްތެރިވުމަށް ފަހުގައެވެ. އަދި އަންބެއްގެ ފަރާތުން އެފަދަ ކަންކަން ފެންނަނަމަވެސް މައިންބަފައިން، ކައިވެނި ރޫޅާލުމަށް ބުނާނަމަ އެކަމަށް ފިރިމީހާއަށް ރިޢާޔަތްކުރަންވާނެއެވެ.

އެކަމަކު، އަނބިމީހާގެ ފަރާތުން، ނުވަތަ ފިރިމީހާގެ ފަރާތުން ފެންނަ، ކުދި ކުދި ކަންތައްތަކާއި، އޭނާގެ މިޖާޒުގައި ހުންނަ ކަންކަމާއި، އޭނާގެ މާޒީގައި ހިނގާފައިވާ މިހާރު ތައުބާވެފައިވާ ކަންކަން ޢުޒުރަކަށް ހަދައި، ދެމަފިރީންގެ ކައިވެނީގެ ތެރެއަށް މައިންބަފައިން ވަދެ، ގޮތްކިޔައި، ކައިވެނި ރޫޅާލަން އެންގުމަކީ އެއީ ދީނީގޮތުން އެމީހުންނަށް އޮތް ޙައްޤެއް ނޫނެވެ. ކައިވެންޏަށްފަހު، ކައިވެނީގެ ކަންކަމުގައި މަޝްވަރާކޮށް، ގޮތްކިޔައި ގޮތްނިންމައި ހަދާނީ ދެމަފިރީންނެވެ. މައިންބަފައިންނެއް ނޫނެވެ. އެހެންކަމުން ކަމެއް ދިމާވާ ކޮންމެ ފަހަރަކު މަންމަ ބުނީތީ، ނުވަތަ ބައްޕަ ބުނީތީ ވަރިވާ އުޞޫލު، ވަރިކުރާ އުޞޫލު އެއީ އެހާ ރަނގަޅު އުޞޫލެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރީންނަށް ދަރީންތަކެއް ލިބިފައިވާނަމަ، ކައިވެނި ރޫޅާ ލުމަކީ އޭގެ ސަބަބުން އެކުދީންގެ ނަފްސިއްޔަތަށާއި، އުޅުމަށް އަދި ކިޔެވުމަށްވެސް ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ބައިވަރު އަސަރުތަކެއް ކުރާ ކަމެކެވެ.

ކައިވެނީގެ ތެރޭގައި ދެމަފިރިން އުޅެމުންދާއިރު މައިންބަފައިން ހިތްހަމަ ނުޖެހޭ ކަންކަމާ ވަރަށް ގިނައިން ކުރިމަތިވާނެއެވެ. އެއީ ކަންކަމުގައި އެމީހުން ވިސްނާގޮތާއި ޒުވާން ދެމަފިރިއަކު ވިސްނާގޮތާ ވަރަށް ތަފާތުވާނެއެވެ. ވީމާ، މައިންބަފައިން ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، ކައިވެންޏަށް އެކަމުގެ ރޯޅި ބޭލުމަކީ އެއީ ހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް ކައިވެންޏަށް ދަރީން ލިބިފައިވާނަމަ އަބަދުވެސް ބަލަންޖެހޭނީ، ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯއެވެ. ކައިވެނި ރޫޅުމަކީ ދަރީންގެ ތަރުބިއްޔަތަށް އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ އެއް ކަންތަކެވެ. ކައިވެންޏެއްގައި ދެމިހުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. މައްސަލަ ޖެހޭނެއެވެ. އުނދަގޫތަކާ ކުރިމަތިވާނެއެވެ. ވިމާ، ކައިވެނީގައި މައްސަލަ ކުރިމަތިވާ ކޮންމެ ފަހަރަކު ކައިވެނި ރޫޅާލުމާމެދު ވިސްނާނަމަ، ގިނަ ކައިވެނިތައް ރޫޅޭނެއެވެ. މައްސަލަ ދިމާވުމުން ކަންތައްކުރަންވީ ގޮތަކީ މައްސަލަ ޙައްލުކޮށް ކައިވެންޏައިގެން ކުރިޔަށް ދިޔުމެވެ.

ދެމަފިރިއަކު ރަނގަޅުގޮތުގައި ދިރިއުޅެމުންދާނަމަ، މައިންބަފައިންނަށްވެސް އެންމެ ބުއްދިވެރި އެންމެ ހަމަޖެހޭ ގޮތަކަށްވާނީ، އެދެމަފިރީންގެ ކަންކަން ނިންމުމަށް އެދެމަފިރީންގެ އަތްމައްޗަށް ދޫކޮށްލުމެވެ. އެއީ މައިންބަފައިންނަށް ނޭނގޭ އެތައް ބައިވަރު ސިއްރު ތަކެއް އެދެމަފިރީންގެ ހުންނާނެއެވެ. އެހެންނަމަވެސް، ޚިޔާލާއި މަޝްވަރާއަށް އެދުމުން ޚިޔާލާއި މަޝްވަރާ ދެވިދާނެއެވެ. އަދި ގޯސްމަގަކުން ދާނަމަ، ނަޞީޙަތްތެރި ވާންޖެހޭނެއެވެ. ނިންމާ ނިންމުންތައް ވާންޖެހޭނީ އަމިއްލަ ސިކުނޑިން ވިސްނާ އަމިއްލައަށް ވާނުވާ އެނގިހުރެ، ނިންމާ ނިންމުންތަކެއް ކަމުގައެވެ. އެއީ އެފަދަ ނިންމުންތަކަކީ އެކަމުގެ އަސަރު އެތައްބަޔަކަށް ކުރާނޭ ނިންމުންތަކެކެވެ. ވީމާ، ކައިވެނީގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަން ޖެހެއެވެ.

މަސްދަރު : ޝާފިޢު.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!