ގދ މަޑަވެލީގެ ބަނދަރު ބޭނުންކުރަން ވަކި އުސޫލެއް އެކުލަވާލައި އެކި ސަރަހައްދުތަކުގައި ބޯޑުތައް ބަހައްޓަން ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލް ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ބަނދަރު ބަހާލާފައިވަނީ މަސްދޯނި ފަހަރާއި ލޯންޗްފަހަރާއި ޑިންގީ އަދި މުދާ ބޭލުމާއި ފެރީތަކަށް ޚާއްޞަކޮށް ސަރަހައްދުތައް ވަކިވާހެންކަމަށެވެ. އަދި އެ ގޮތަށް ބައިކުރެވޭއިރު ސަރަހައްދުތައް އެނގޭހެން ނަންބޯޑް ހަރުކުރުމަށްވެސް ހަމަޖެހިފައިވާކަށްވެސް ދައީސް ވިދާޅުވިއެވެ.
ރައީސް ފިޔާޒް އިތުރަށް ވިދާޅުވީ މަޑަވެލީގެ ބަނދަރުގައި ބަހައްޓާ ބޯޑުތައް ހަދިޔާ ކުރައްވާފައިވަނީ އެރަށު ތަރައްޤީއަށް ބޮޑެތި އެހީތެރިކަން ވެދެއްވަމުން ގެންދަވާ މަޑަވެލީގެ ރައްޔިތެއްކަމަށްވާ އަބްދުﷲ ފަހުމީކަމަށެވެ.
ހުވަދޫ ނޫހަށް މައުލޫމާތުލުބިފައިވާ ގޮތުގައި ބަނދަރު ގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބޯޑުތައް މަޑަވެލި ކައުންސިލާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ މިރޭ އެ ރަށުގައި ބާއްވާ މަޑަވެލީ ރަމްޒުކޮށްދޭގޮތަށް އެރަށު ބަނދަރު ސަރަހައްދުގައި ބެހެއްޓި އައިކަން ދިއްލުމުގެ ރަސްމިއްޔާތުގައެވެ.
6 ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ބެހެއްޓި މިއައިކަންވެސް އެ ރަށަށް ހަދިޔާ ކުރެއްވީ އަބްދުﷲ ފަހުމީއެވެ.