“ހަމަ ހިޓާޗީ” ނަމުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. ހިޓާޗީ ބްރޭންޑަކީ އެސްޓީއޯ އިން ވިއްކާ އެންމެ ޑިމާންޑު ބޮޑު އެއް ބްރޭންޑެވެ.
ހިޓާޗީ ބްރޭންޑަށް ޚާއްސަ މި ޕްރޮމޯޝަން އޮގަސްޓު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާއިރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ހުރިހާ ފިހާރަ ތަކެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.
އެއްސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓުތަކުން %30 ގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ. އަދި މީގެ އިތުރުން 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ނަގުރުއަތުގެ ސީބުވެރިއަކަށް އަގުރުހުރި އިނާމުތަކެއް ލިބޭނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
އޭރުވެސް ހިޓާޗީ، މިހާރުވެސް ހިޓާޗީ! 😀🙌
"ހަމަ ހިޓާޗީ" ޕްރޮމޯޝަން މި ގެނެސްދެނީ %30 އާއި ހަމަޔަށް ޑިސްކައުންޓް އަދި ކޮންމެ ހަފްތާއަކުވެސް އަގުހުރި އިނާމުތަކެއް! މީގެ އިތުރުން ތިންފަރާތަކަށް 50،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބުމުގެ ފުރުސަތު 🙌
އަދިވެސް އަދިވެސް! 🎊 pic.twitter.com/yjm573dB2r— STO People's Choice (@stopc_mv) June 20, 2022
ކޮންމެ ހަފްތާއެއް ނިމުމުން ނަސީބުވެރިން ހޮވުމުގެ އިތުރުން މި މުޅި ޕްރޮމޯޝަން ނިމުންވެސް 3 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 50،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.
“ހަމަ ހިޓާޗީ” މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ސޯޝަލް މީޑިއާ ކެންޕެއިންވެސް ކުރިއަށް ދާނެއެވެ. ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފޮޓޯ ޕޯސްޓްކޮށްގެން ހިނގާ މި ކެންޕެއިންގައިވެސް ކޮންމެ ހަފްތާއަކު ނަސީބުރިއަކު ހޮވައި އަގުހުރި އިނާމުތަކެއް ދޭން ވަނީ ނިންމާފައެވެ.
ހިޓާޗީގެ އުފެއްދުންތަކަކީ ކޮލިޓީ އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ އުފެއްދުންތަކެކެވެ. ހަމައެހެންމެ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓަށް ގެއްލުން ވީހާވެސް ކުޑަވާނެހެން ފަރުމާކޮށްފައިވާ އުފެއްދުންތަކެވެ.