ޕަބްލިކް ވަރކްސް ތިނަދޫ ސައިޓްގެ ހެވީ ވެހިކަލަކާއި ޕްރައިވެޓް ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެދުނު 11:30 އެހާކަންހާއިރު ޕަބްލިކް ވަރކްސް ތިނަދޫ ސައިޓް ކައިރީގައި ހިނގާދިޔަ މިއެކްސިޑެންޓުގައި ކާރަށް ވަނީ ގިނަ ގެއްލުންތަކެއް ލިބިފައެވެ. އެކްސިޑެންޓް ހިނގާދިޔަ ވަގުތު ކާރުގައި ތިބި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގދ.ތިނަދޫގައި ފްލެޓް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެރަށަށް ފޮނުވި ހިލަވެލި ޕްލޭނިންގ މިނިސްޓްރީގެ އެންގުމަށް ޕަބްލިކް ވަރކްސް ސައިޓަށް ބަދަލުކުރުމުގެ މަސައްކަތުގައި ޕަބްލިކް ވަރކްސްގެ ވެހިކަލް ހަރަކާތްތެރި ވަމުން ދަނިކޮށް ހިނގާދިޔަ އެކްސިޑެންޓެކެވެ.