ހުވަދު އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ދެކުނުގެ ދެއަތޮޅު ކަމަށްވާ ގއ އަދި ގދ ގެ ރަށްތަކަށް މިއަދު ހަވީރުން ފެށިގެން މޫސުން ގޯސްވާނެއެވެ. އެހެންކަމުން ހަވީރު 4 އިން ފެށިގެން މިރޭ 8 ޖަހަންދެން މިވަނީ ހުދު ސަމާލު ނެރެފައެވެ.
މިގަޑިތަކުގައި މިދެއަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އަދި ކަނޑުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.