ކޮންމެ އަހަރަކުވެސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑީޔާ ކައުންސިލުން ހާމަކުރި ގޮތުގައި ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 11 އޮގަސްޓް 2022 އެވެ. އިނާމަށް އެދި ހުށަހަޅާނީ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ.
މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތައް މީޑިޔާ ކައުންސިލުން މިހާރު ވަނީ އާންމުކޮށްފައެވެ.
މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 12 ދާއިރާއަކުންނެވެ. އެއީ:
- ތަހުގީގީ ނޫސްވެރިކަން
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރިއާއި އިގްތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗާ
- އެންމެ އުންމީދީ ނޫސްވެރިޔާ
- އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއެވެ.
މީގެ ތެރެއިން ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ އަލަށް ހުޅުވާލާފައިވާ ދާއިރާތެކެކެވެ.
މިއިނާމް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގައެވެ.