ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި އިސްމާއިލް އަބްދުލްރަހީމް (އިސޫ) ހައްޔަރުކޮށްފިއެވެ.
އިސޫ ހައްޔަރުކޮށްފައިވަނީ މިއަދު ކާނިވާ ސަރަހައްދުންނެވެ. އޭނާ ހޯދަން ފުލުހުން އުޅޭ ޚަބަރު ލިބިގެން އިސޫ ވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހަށް ގޮސްފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ.
މަރު ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ނޫސްވެރިޔާ ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށާއި މިކަންތައް ކޮށްފައިވަނީ ދީނީ ހިޔާލު ތަފާތުވުންތައް ދިވެހިންގެ ތެރޭގައި އުފެދި ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި އިސޫ ހިމެނޭ ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އިސޫ އަކީ މީގެ ކުރިން ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ތުރުކީ މަގުން އެ ގައުމަށް ދާން އުޅެނިކޮށް ހިފެހެއްޓި މީހެކެވެ.