ޚަބަރު
އަނބިމީހާގެ ދެއަތާއި ދެފައި ބަނުމަށްފަހު ބެލްކަނިން ވައްޓާ މަރާލައިފި

އަވަށްޓެރި އިންޑިޔާގެ ޤާޒިޔާބާދު ސްޓޭޓްގައި ދިރިއުޅެމުންދާ ފެޝަން ބްލޮގާއެއް ދެއަތާއި ދެފައި ބަނދެފައި ބެލްކަނިން ވައްޓާ މަރާލައިފިއެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މަޝްހޫރު ފެޝަން ބްލޮގާ ރިތިކާ ސިންގ (30)އަށް އަނިޔާ ކުރުމަށްފަހު ދެއަތާއި ދެފައި ބަނުމަށްފަހު ބެލްކަނިން ވައްޓާ މަރާލި ކަމުގެ ތުހުމަތުގައި ރިތިކާގެ ފިރިމީހާގެ އިތުރުން ދެމީހަކު ވަނީ ހައްޔަރުކުރެވިފައެވެ. ފުލުހުން ކުރި ތަހުޤީގުން އެގުނު ގޮތުގައި އާއިލާއާއި މައްސަލަ ޖެހިގެން ރިތިކާ ދިރިއުޅެމުން ދިޔައީ އާގްރާގައި ކުލީ އެޕާޓްމެންޓެއް ހިފައިގެން ރިތިކާގެ އެކުވެރި އަންހެން ކުއްޖަކު ކައިރީގައެވެ.

އިމާރާތެއްގެ ހަތަރުވަނަ ބައިގެ ބެލްކަނިން އަންހެނަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުމުން ފުލުހުން ކުރި ތަހުޤީގުން އެގުނު ގޮތުގައި އިމާރާތުން ވެއްޓި މަރުވި އަންހެންމީހާއަކީ ރިތިކާ ސިންގއެވެ. މިދިޔަ ހުކުރު ދުވަހު ރިތިކާގެ ފިރިމީހާ އެބިލްޑިންގަށް ވަދެ ޒުވާބުކުރިކަމަށް ފުލުހުންވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ. އަދި ފިރިމީހާ އާއި މައްސަލަ ޖެހިގެން ރިތިކާ ވަކިން ދިރިއުޅޭތާ މިހާރު ދެއަހަރުވަނީ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ރިތިކާ ސިންގއަކީ ސޯޝަލް މީޑީޔާގައި ފެޝަން ބްލޮގާއެއް ކަމަށާއި 2014ވަނަ އަހަރު އާކާޝް އާއި ބައްދަލުވެ ދެމީހުން ކައިވެނި ކުރީ ކަމަށް ރިތިކާގެ އާއިލާއިން ވަނީ ބުނެފައެވެ. ކައިވެންޏަށް މާގިނަ ދުވަހެއް ނުވެ ފިރިމީހާގެ އާއިލާއިން ގެވެށި އަނިޔާ ކޮށް ބިރުދައްކާ ކަމަށާއި އަތުގައި އިސްތިރިވެސް އެޅިކަމަށް ރިތިކާ ވަނީ އޭނަގެ ކޮއްކޮ ކައިރީގައި ބުނެފައެވެ.

މީގެ އިތުރުން ރިތިކާ ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީ އިން މުޅި އާއިލާ އާއި ފިރިމީހާގެ ޚަރަދުތައް ބަލަހައްޓަން ޖެހޭ ކަމަށާއި ފިރިމީހާ ވަޒީފާއެއް އަދާނުކުރާކަމަށް ރިތިކާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންކަމުން އެއަނިޔާތަކަށް ކެތްނުކުރެވިގެން ގެއިން ނުކުމެގެން ގޮސް އެކުވެރި ކުއްޖަކު ކައިރީގައި ރިތިކާ ދިރިއުޅެމުންދިޔަ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ފިރިމީހާގެ އާއިލާއިން ރިތިކާއަށް އުދަގޫކުރުން ހުއްޓާނުލައެވެ. ގެޔަށް އެނބުރި އަންނަން އަންގަމުން ބިރު ދައްކަމުން ގެންދިޔައެވެ. ރިތިކާ ގެޔަށް ނުދިޔުމުން ފިރިމީހާ ހިމެނޭހެން 4 މީހަކު ވަނީ ރިތިކާ ދިރިއުޅެމުން ގެންދިޔަ އެޕާޓްމަންޓަށް ވަދެ ރިތިކާގެ އެކުވެރިޔާއާއި ޒުވާބުކޮށް އޭނާ ފާޚާނާއަށް ލައި ބަންދުކުރުމަށްފަހު ރިތިކާއަށް ހަމަލާ ދީފައެވެ. އަދި ދެއަތާއި ދެފައި ބަނދެފައި އެޕާޓްމަންޓުގެ ބެލްކަނިން އެއްލާލީ ކަމަށް ރިތިކާގެ އެކުވެރިޔާ ވަނީ ފުލުހުންނަށް ބަޔާންދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!