ޚަބަރު
ކޮމަންވެލްތުގެ އާ މެމްބަރު ޤައުމުތަކަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ

ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ ދެ ޤައުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ޤައުމަކީ ގެބޮން އަދި ޓޯގޯ އެވެ.

މިނިސްޓަރ ޝާހިދުގެ މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެޤައުމުތަކާއެކު މަސައްކަތް ކުރެވޭނެކަމަށް ޔަޤީންކަން ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އެޤައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ޝާހިދު ސިފަކުރެއްވިއެވެ.

ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އާ މެމްބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. މިއާއެކު ކޮމަންވެލްތު މެމްބަރު ޤައުމުތަކުގެ އަދަދު 56 އަށް ވަނީ އިތުރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!