ޚަބަރު
އެއްޖިންސުން ގުޅުންހިންގުން ހުއްޓުވަން ހުށަހެޅި ގަރާރު ހުށަހަޅަން ފުރުސަތު ނުދިނުމުން އިހުތިޖާޖުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ލީކުވެ ބައެއްގެ މައްޗަށް އެކަމުގެ ތުހުމަތުތައް ކޮށްފައިވާއިރު، އެ ފަދަ އަަމަލުތައް ހިންގާ ފަރާތްތަކަށް އަދަބުދީ އެކަން ވަގުތުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ފުރުސަތު ނުދިނުމުން އިހުތިޖާޖު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ މައްސަލައެއް ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައަކާއި، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މަޖިލީހަށް މެންބަރު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލައިގައި ވަނީ ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްްގައި ފަހަކަށް އައިސް ލިވާތު ކުރުން ފަހަކަށް އައިސް ކަންބޮޑުވާވަރަށް ލިވާތުކުރުމާއި، ގިނަބަޔަކު ބައިވެރިވެގެން ޖިންސީ ގުޅުން ހިންގާފަދަ ފާޙިޝް ޢަމަލުތައް މުޖުތަމައުގައި ގިނަވަމުންދާތީ އެކަން ހުއްޓުވައި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަދަބު ދީ އެފަދަ މުންކަރާތްތައް ވަގުތުން ވަގުތަށް ހުއްޓުވުމަށް ވަނީ ގޮވާލައްވާފައެވެ.

މޮސްޓާ ހުށަހެޅުއްވި މައްސަލާގައި ވެސް ހަމަ މިކަންތައްތައް ހުއްޓުވުމަށް، އަދި އޭގެ އިތުރުން މަސްތުވާތަކެތި އާންމުވުމާއި، މަސާޖު ޕާލާތައް އާންމުވުން ފަދަ ކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެކަންތައް ހުއްޓުވުމަށް ގޮވާލާފައިވެއެވެ. މިއަދުގެ މަޖިލީހަށް ދެ މައްސަލަ ހުށަހެޅުމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދައުރުވާ ފޮޓީތަކުގެ ފޮޓޯތަކުގެ ސައްޙަކަންވެސް ކަށަވަރުނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ފޮޓޯއެއްގެ ޗެއިން އޮފް ކަސްޓަޑީއެއް، ނުވަތަ ފޮޓޯ އުފެދިފައި އޮތް ގޮތާއި، އެފެދިފައި އޮތް ހަމަތައް ދެނެނުގަނެ، އެހެން މީހެއްގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭ ގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލު ކުރުމަކީ އެއްވެސް މުއައްސަސާއަކުން ޖާގަ ދޭނެކަމެއް ނޫން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވުން މެންބަރު ޝިޔާމް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާ އަދި ސުވާލު ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ.

  1. ފާތުން

    ލަދުންބޯހަލާކް. އިސްލާމީ ސަރިއަތައް ގޮންޖަހަން މީދެންކާކު، އިސްލާމް ދީނުގެ އުސޫލްތަކާހިލާފު ވާތީމީނަ ގޯސްވަނީ