ޚަބަރު
އެވިޑް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު

ކޮވިޑް19 ރިލީފް ފަންޑުގެ އެހީގެ ދަށުން ދިވެހި ސަރުކާރުން ހުޅުވާލައްވާފައިވާ ތަޢުލީމާ ތަމްރީން ދިނުމުގެ ފުރުޞަތުގެ ތެރެއިން ، އެވިޑް ކޮލެޖުން ހިންގާ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވެ މުޅިން ހިލޭ ކިޔެވުމުގެ ފުރުޞަތު މީގެ ދުވަސްކޮޅެއްކުރިން ވަނީ ހުޅުވާލެވިފައެވެ.

އަދި މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެކޯހުގައި ބައިވެރިވުމުގެ މުއްދަތު ވަނީ މިހާރު ވަނީ އިތުރުކޮށްފައެވެ. މިކޯސް ހެދުމަށްޓަކައި އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ނުވަތަ އެވިޑް ކޮލެޖް މާލޭ ކެމްޕަސް ޚިޔާރުކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު 7525352 ނަންބަރުން ލިބިލައްވާނެއެވެ.
ކޯހުގައި މުޅިން ހިލޭ ކިޔެވުމުގެ ފުރުޞަތުގެ އިތުރުން ކިޔަވާ މުއްދަތުގެ ތެރޭގައި ދަރިވަރަށް ޕޮކެޓްމަނީގެ ގޮތުގައި ދިވެހި ސަރުކާރުން ކޮންމެ މަހަކު -/5000 (ފަސްހާސް) ރުފިޔާ ދެއްވާގޮތަށް ހަމަޖެހިފައިވެއެވެ.
އެވިޑް ކޮލެޖުން ހާމަކުރި ގޮތުގައި މިކޯހަކީ އެމް.ކިޔޫ.އޭ އިން ހުއްދަ ލިބިގެން 6 މަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ. ޖުމުލަ 8 މޮޑިއުލް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް އެރޮގުން މަތީ ތަޢުލީމު ހާޞިލްކުރަން ފެށުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަރަށް މުހިންމު ބޭނުންތެރި ކޯހެކެވެ.

މޮޑިއުލްތަކުގެ ތެރޭގައި ފަންޑަމެންޓަލްސް އޮފް ކޮމްޕިއުޓަރސް، ޔޫސިންގ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމް ، ފަންޑަމެންޓަލްސް އޮފް ހާޑްވެއަރ ޓްރަބަލް ޝޫޓިންގ، ޑޮކިޔުމެންޓް މެނޭޖްމެންޓް ޔޫސިންގ އެމް.އެސް ވޯޑް، ޑާޓާ މެނޭޖްމެންޓް ޔޫސިން އެމް.އެސް އެކްސެލް ފަދަ ބޭނުންތެރި މޮޑިއުލްތައް ހިމެނެއެވެ.
ކޯހުގައި ބައިވެރިވުމަށް ޖޮބް ސެންޓަރ މެދުވެރިކޮށް މިލިންކުން އެޕްލައިކުރެވޭނެއެވެ.