ޚަބަރު
މާލޭގެ ރަށްވެހިން ކަމަށް ބަލާ މާއްދާ އުވާލަން ކޯޓަށް ހުށަހަޅަނީ

މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ހަމަޖެހިފައިވާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާ މާއްދާ އުވާލަން ހައިކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށް ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު ޝިހާދު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށާއި ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްޤުތަށް ހަނި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިމާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޝިހާދު ވަނީ ވިދާޅުވެފައެވެ.

ޝިހާދު އިތުރަށް ވިދާޅުވީ މިމައްސަލައަކީ ދުސްތޫރީ މައްސަލައަކަށްވާތީ ތައްޔާރުވާން ވަގުތު ނަގާނެ ކަމަށާއި ބޭނުމަކީ މާލޭގެ މީހުންނާ ޖައްސާލައި އަމިއްލަ ފައިދާ އަށް ކަމެއް ކުރުން ނޫން ކަމަށެވެ.

މާލޭ އަންހެނުން އެހެން ރަށެއްގެ ފިރިހެނަކާ އިނދެގެން ލިބިފައި ތިބި ކުދިން ބައްޕަގެ ރަށަށް ރަޖިސްޓަރީ ވާން ޖެހޭތީ އެ ކުދިން ބައްޕަގެ ރަށަށް ރަޖިސްޓަރީ ވިޔަސް ފަހުން މާލެ އަށް ރަޖިސްޓަރީވެފައި ތިބި މީހުން ވެސް ތިބިކަމަށް ޝިހާދުވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިހާރު އޮތް އުސޫލުގެ ސަބަބުން އެ މީހުންނަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

ޝިހާދު ވިދާޅުވި ގޮތުގައި، ބައްޕަގެ ރަށަށް ކުއްޖާ ރަޖިސްޓަރީ ކުރަން ޖެހޭ ގޮތަށް ކުރިން އޮންނަނީ މާލޭގެ މީހުންނާ އިނދެގެން ލިބިފައިވާ ކުދިން ވެސް ރަޖިސްޓަރީ ކުރަނީ ބައްޕަ ނިސްބަތްވާ ރަށަކަށް ވާ ނަމަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ވެސް އޭރު ރަޖިސްޓަރީކުރި މީހުން އެބަތިބި ކަމަށާއި މިހާރު އުސޫލު އޮތް ގޮތުން އެ މީހުންނަށް ވެސް ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ހުޅުވާލާފައިވާ 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު 26 ގެ ނިޔަލަށެވެ. އެހެންނަމަވެސް މާލޭގެ ރަށްވެހިން ކަމަށް ބަލާ އުސޫލުގައިވާ މިންގަނޑުގެ ސަބަބުން ގިނަ ބަޔަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ނުލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!