ޚަބަރު
ޕީޕީއެމްއިން ކޯޓަށް ހާޒިނުވުމުން އިންޑިއާ އައުޓް މައްސަލަ ބޭރުކޮށްލައިފި

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު ބާޠިލްކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އިދިކޮޅު ޕީޕީއެމްއިން ހާޒިރުނުވުމުން މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވާފައެވެ. އެމަނިކުފާނު މިގޮތަށް އެންގެވީ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ.

ކޯޓުގައި ކުރިއަށްދާ މައްސަލަތައް ކޯޓުން ބޭރުކޮށްލާ ސަބަބުތަކުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި އެމައްސަލައެއްގައި ކޯޓަށް ހާޒިރުނުވުން ހިމެނެއެވެ. އިއްޔެ ސިވިލްކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުމަށް ޕީޕީއެމްއިން ހާޒިވެފައިނުވާއިރު، ކޯޓަށް ހާޒިރު ނުވި ވަކި ސަބަބެއްވެސް އަންގާފައިވެސް ނުވާކަމަށް ކޯޓުންވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން މިގޮތަށް ފާސްކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ސަރުކާރުން ނިންމަވާފައިވެސްވަނިކޮށެވެ. ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚަރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުންކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ އިސްލާހުގެ މަޤްޞަދެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!