ޚަބަރު
ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލްގެ ޓެންޑަރ މަސައްކަތް އަންނަ މަހު ނިމޭނެ: ހެލްތު މިނިސްޓަރ

ގދ.ތިނަދޫގައި ތަރައްޤީ ކުރަމުން ގެންދާ ޓާޝިއަރީ ހޮސްޕިޓަލްގެ ޓެންޑަރިންގް މަސައްކަތް އަންނަމަހުގައި ނިމޭނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ހާޒިރުކޮށްފައެވެ. ދާންދޫ ދާއިރާގެ މެމްބަރ ޔައުޤޫބް އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލުގެ ޓެންޑަރިންގ މަސައްކަތް އަންނަ ޖޫން މަހު ނިމޭނެ ކަމަށެވެ.

ހުވަދު އަތޮޮޅަށް ނިސްބަތްވާ މެމްބަރެއްގެ ހައިސިއްޔަތުން ޔައުޤޫބް ކުރެއްވި ސުވާލަކީ ތިނަދޫގައި ތަރައްޤީ ކުރަމުންގެންދާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނީ ކޮން ދުވަހަކުންތޯއެވެ.

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް 90 މިލިޔަން ރުފިޔާ ވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައި މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައިއެވެ. އަދި މި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް 1,965,065 ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ތިނަދޫގައި މިހާރު ވެސް 50 އެނދުގެ ރީޖަނަލް ހޮސްޕިޓަލެއް ހުރެއެވެ. އާ ހޮސްޕިޓަލް އެޅުމުން ރީޖަނަލް ހޮސްޕިޓަލުން ދޭ ހިދުމަތްތައް ހުއްޓާލައި، އާ ހޮސްޕިޓަލަށް ބަދަލުކުރާނެއެވެ.

ޓާޝަރީ ހޮސްޕިޓަލް ބިނާ ކުރުމުން މިހާރު ލިބޭ ހިދުމަތްތަކާއި ވަސީލަތްތަކަށް ވުރެ ގިިނައިން އެތަނުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ލެބޯޓަރީ އިން ލިބޭ ހިދުމަތްތަކާއި އެހެން ސަބް-ސްޕެޝަލިޓީތައް ވެސް ހިމެނޭނެ އެވެ. އަދި އެ ސަބް-ސްޕެޝަލިޓީސް ކަނޑައެޅުމުގައި އައްޑޫގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލުން ނުލިބޭ ހިދުމަތްތަކަށް އިސްކަންދޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލަށް މުވައްޒަފުން ހޮވުމުގައިވެސް ދިވެހިންނަށް އިސްކަން ދޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!