ދިރުވާލައިގެން 240 ބުލެޓް މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ދެމީހަކު އެބުލެޓްތައް ނުނެގިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
މަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮދަން އަޔަލޭންޑަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. މިދެމީހުންގެ ބަންދަށް އިއްޔެ ފަސްދުވަސް ޖަހާފައިވަނީ ޣައިރު ހާޒިރުގައެވެ. އަދި ހޮސްޕިޓަލުން ދޫކުރުމުން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ވަނީ ފުލުހުންނަށް އަންގާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ކޮންމެ މީހެއްގެ ހަށިގަނޑުގައި 120 ބުލެޓް މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާތަނަށް ނެގިފައިވަނީ އެކަކުގެ ބަނޑުން 12 އަދި އަނެކަކުގެ ބަނޑުން 13 ބުލެޓެވެ. އެހެންކަމުން ޖުމްލަ 25 ބުލެޓް މަސްތުވާ ތަކެތި ވަނީ އެދެމީހުންގެ ހަށިގަނޑުން ބޭރުކުރެވިފައެވެ.
ދިރުވާލައިގެން މަސްތުވާ ތަކެތި އެތެރެކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރާ ކަމެކެވެ.
މަސްތުވާ ތަކެތި ޤައްދު އަައްވެސް އެތެރެކުރަނީތިހެން
ކަސްޓަމްސްއިން ހިފަހައްޓާފަ ފުލުހުންނާ ހަވާލުކުރި ވާހަކަ ބުނެބަލަ.