ޚަބަރު
އޯގަނިކް ފާރމިން އަދި މަސް ޕްރޮސެސް ކުރުމަށް ކާޅެހުއްޓާ ކުއްޔަށް ދޫކޮށްފި

އޯގަނިކް ފާރމިން އާއި މަސް ޕްރޮސެސް ކުރުމަށް ފިޔޯރީ އިހުތިސާސްގައި ހިމެނޭ ރަށެއް ކަމަށްވާ ކާޅެހުއްޓާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ އޯގަނިކް ފާރމިން ދަނޑުވެރިކަމާއި، މަސް ޕްރޮސެސް ކުރުމަށް 5.664 ހެކްޓަރުގެ ބިން 21 އަހަރުދުވަހަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި މިބިން ދޫކޮށްފައިވަނީ ބިޑް ކާމިޔާބު ކުރި ފަރާތް ކަމަށްވާ ދަގަތަ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދަގަތަ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ 2023 ވަނަ އަހަރު 15 ދަނޑުވެރިން ފިޔޯރީން ތަމްރީނުކުރުމަށާއި، އައިޓީގެ ދާއިރާއިން 2024 ވަނަ އަހަރު 10 މީހުން ތަމްރީނުކުރުމަށް އެއްބަސްވެފައެވެ. އަދި އެއްފަހަރާ 25 ދަރިވަރުންނަށް ބޭނުންކުރެވޭނެ ކޮމްޕިއުޓާރ ލެބަކަށް ބޭނުންވާނެ ވަސީލަތް 2025 ވަނަ އަހަރު ޤާއިމްކޮށްދިނުމަށް ނިންމާފައެވެ.

މީގެއިތުރުން ވަޒީފާއަށް މީހުން ނެގުމުގައި ފިޔޯރީ ރައްޔިތުންނަށް އިސްކަން ދިނުމަށް ވެސް ދަގަތަ މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑުން ވަނީ އެއްބަސްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!