ޚަބަރު
ތިން އަހަރުދުވަހުގެ އިންތިޒާރަށް ނިމުމެއް

ދިވެހި ކުލަބު ފުޓްބޯލައިގެ އެންމެ ކާމިޔާބު ކުލަބް، ނިއުރޭޑިއަންޓް މީގެ ތިން އަހަރެއްހައި ދުވަސް ކުރިން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން ނިންމާފައި އޮތް ނިންމުން، ނިމުމަކަށް ގެނެސް ނިއު ރޭޑިއަންޓް ސްޕޯޓްްސް ކްލަބްގެ ސަސްޕެންޝަން، އެފްއޭމުން ރޭ އުވާލައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އެކްސްކޯ އަށް، އެ އެސޯސިއޭޝަންގެ ކޮންގްރެސްއިން މިދިޔަ މަހު ދީފައިވާ ވަގުތީ ބާރުގެ ދަށުން ނިއުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ

ނިއުގެ ސަސްޕެންޝަން އުވާލުމަށް އެކްސްކޯއިން ނިންމީ، އެ ކްލަބުން މުސާރަ ނުދޭތީ އެފްއޭއެމް އަށް މައްސަލަ ހުށަހެޅި ކުޅުންތެރިން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ސޮއި ކޮށްފައިވާ ސެޓިލްމެންޓް އެގްރިމެންޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ސެޓިލްމެންޓް އެގްރިމެންޓްގައި އެންމެ ފަހުން ސޮއި ކުރި ކުޅުންތެރިޔަކީ ނިއު އަށް ކުރިން ކުޅުނު، މިހާރު ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ރިލްވާން ވަހީދު (ކަކާ ރިލޭ) އެވެ. ސެޓިލްމެންޓް އެގްރިމެންޓްގައި އޭނާ ސޮއި ކުރީ މިދިޔަ އާދިތައް ދުވަހު އެވެ. ގާތްގަނޑަކަށް 10 ކުޅުންތެރިންނާއެކު ސެޓިލްމެންޓް އެގްރިމެންޓް ހެދުމަށް ފަހު އެ ކުޅުންތެރިންގެ ސިޓީތައް ނިއު އިން އެފްއޭއެމަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

އަންގާރަ ދުވަހު ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އެކަމަށް ވަކި ގޮތެއް ނިންމާފައި ނުވަނީ ކުޅުންތެރިންގެ ސެޓިލްމެންޓް އެގްރިމެންޓްތައް ސައްހަކަން ކަށަވަރު ކުރުމަށް ވަގުތުތަކެއް ހޭދަވުމުން ކަމަށް، އެފްއޭއެމްއާ ހަވާލާދީ ނިއު އިން ބުންޏެވެ.

ސަސްޕެންޝަން އުވާލުމުގެ ކުރިން ވެސް، ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމްގެ ކޯޗު ކަމުގައި އެ ކްލަބުން އަންނަނީ، އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ފީފާގެ ޓްރާންސްފާ ބޭން އިން ކްލަބް ސަލާމަތްވުމުން ބިދޭސީ ކުޅުންތެރިން ވެސް ޓީމަށް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

1997 އަދި 2013 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ހުރިހާ މުބާރާތެއްގެ ޗެންޕިއަންކަން ހޯދުމުގެ އިތުރުން 2005 އަހަރު އޭއެފްސީ ކަޕް ސެމީ އަދި 2013 އަހަރުގެ އޭއެފްސި ކާޕް ކުއާޓަރ ފައިނަލުގައި ކުޅެފައިވާ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފެށީ، މީގެ ދުވަސްކޮޅެއް ކުރިން ރޭޑިއަންޓްގެ ނަމުގައި ކްލަބެއް ރަޖިސްޓްރީކޮށް ހަރަކާތްތަށް ފެށި ނަމަވެސް، ނިއުގެ ދަރަނި ހަލާސް ކުރުމުން ނޫނީ އެ ކްލަބަށް ކުރިއަށް ނުދެވޭނެ ކަމަށް އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމުން ބުނުމުންނެވެ. އަލައް އުފެދުނު ރޭޑިއަންޓްކަލްބްގެ ޗެއާމަނަކީ ވެސް ވާސިފް އެވެ. އޭނާ ވިދާޅުވީ ނިއުގެ ބީ ޓީމުގެ ގޮތުގައި ރޭޑިއަންޓް ވެސް ކުރިއަށް ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!