ރާއްޖެއަށް މިވަގުތުކުރަމުންދާ ވިއްސާރައިގައި އުދައެރުމުގެ ސަބަބުން ގދ ގެ ހަތަރު ރަށް ކަމަށްވާ މަޑަވެލި، ހޯޑެއްދޫ، ރަތަފަންދޫ އަދި ފިޔޯރީގެ ރައްޔިތުން ހާލުގައި ޖެހިއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި ހޯޑެއްދޫ ހުޅަނގު ފަރާތުން އުދައެރުވުމުގެ ސަބަބުން އެރަށުގެ ދަނޑު ބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. ހަމައެގޮތަށް މަޑަވެލީގެ ފްލެޓް ސަރަހައްދުން ފެށިގެން ރަށުގެ %98 ގެޔަށް ލޮނުގަނޑު ވަނީ ވަދެފައެވެ. އަދި ނިދަން ގެންގުޅޭ ގޮނދަޑި އާއި ހިފައި ގެންގުޅޭ އެހެނިހެން ސާމާނުތަކަށް ވަނީ ގެއްލުން ލިބިފައެވެ. މަޑަވެލިން ހާލުގައި ޖެހުނު އާއިލާތައް މިހާރުވަނީ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައެވެ.
މިހަތަރު ރަށުގައިވެސް، ރަށުގެ %75 އަށް ރާޅުއަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިރަށްތަކުގެ ހާލަތު ބަދަލުކުރެވޭތޯ ރަށުގެ ރައްޔިތުން ދަނީ އަމިއްލައަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ގަދަ ވަޔާއި ވާރެޔާއެކު އުދައަރަމުންދާތީ މިހަތަރު ރަށުގައި ދިރިއުޅެމުންދާ ރައްޔިތުން އުޅެމުން ދަނީ ވަރަށް ހާލުގައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވީ ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ގުޅައިގެން ރަށުގެ ހާލަތު ބަރާބަރަށް ބަލަމުން ގެންދާ ކަމަށާއި ހަތަރު ރަށް ފިޔަވައި ދެންތިބި ރަށްތައް ހާލަތު އަދި ރަނގަޅު ކަމަށެވެ. އަދި ހާލުގައިޖެހުނު ރަށްތަކަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން އެމްއެންޑީއެފުން ވިދާޅުވީ އަތޮޅުގެ ހަތަރު ރަށަކަށް އެއްފަހަރާ އެހީތެރިކަން ފޯރުކޮށްދޭނެ ކެޕޭސިޓީއެއް މިކޮޅުގައި ނެތްކަމަށާއި އެހެންނަމަވެސް އެމްއެންޑީއެފް ސަދަން އޭރިޔާ ކާޑެއްދޫ ޕޯސްޓުގެ ސިފައިންނާއި ފަޔަރ އެންޑް ރެސްކިޔު ޓީމުން ދަނީ މަޑަވެލީގައި މިވަގުތު ހަރަކާތްތެރި ވަމުން ގެންދާ ކަމަށެވެ.
އެމްއެންޑީއެފުންދަނީ ހާލުގައި ޖެހިފައިވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެއިތުރުން ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް އަދިވެސް ދަނީ އުދައަރަމުންނެވެ. ގދ.ފަރެސްމާތޮނޑާއަށް އުދައަރައި އެއްގެޔަށް ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު ގއ.ކޮލަމާފުށްޓާއި މާމެންދޫއަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް އުދަ އެރުވިނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވެއެވެ.
ކުވަޔާ ރާއްދޭ ރެޑް ކުރެސެންޓު މީހެންނެ