ޚަބަރު
ބ. ފުޅަދޫގައި މޫދަށް އެރި އުޅުުނު މީހަކު ގެނބިގެން ނިޔާވެއްޖެ

ބ. ފުޅަދޫގައި މޫދަށް އެރިއުޅުނު ދިވެހި ފިރިހެނެއް ގެނބިގެން ނިޔާވެއްޖެއެވެ.

ފުޅަދޫ ކައުންސިލު ރައީސް އަލީ އަޒުހަރު ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުކަމަށެވެ. އަދި މިމީހާ މޫދުން ނަގައިގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިވާ ކަމަށް ފުޅަދޫ ސިއްޙީ މަރުކަޒުން ބުނެއެވެ.

ކައުންސިލްގެ ރައީސް މަޢުލޫތު ދެއްވާފައިވާ ގޮތުގައި، މިމީހާ މަރުވެފައި ވަނީ މޫދަށް އެރި އުޅުނު ހަތަރު ކުއްޖަކު އޮޔާ ދާތީ، އެކުދިން ސަލަމާތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެންނެވެ. ރައީސް މައުލޫމާތު ދެއްވި ގޮތުގައި، މިހަތަރު ކުދިން އޮޔާ ދަނިކޮށް ސަލާމަތް ކޮށްދިނީ މިމީހާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 38 އަހަރުގެ މީހެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!