ޚަބަރު
ކަރަންކާ ފުޓްސަލް ފިއެސްޓާ 2021 ގެ ފައިނަލަށް ލައިކަންސް އެފްސީ އާއި ތަރިވިލާ އެފްސީ

ކަރަންކާ ފުޓްސަލް ފިއެސްޓާ 2021 ގެ ފައިނަލަށް ލައިކަންސް އެފްސީއާއި ތަރިވިލާ އެފްސީ ގޮސްފިއެވެ.

މިއަދު ހަވީރު ފުރަތަމަ މެޗުގައި ކުޅެފައިވަނީ ލައިކަންސް އެފްސީ އާއި ޕާކް ރޯޔަލްސް އެސްސީއެވެ. މި މެޗު 9 ލަޑު 2 ލަޑުން ކާމިޔާބު ކުރީ ލައިކަންސް އެފްސީ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިކަންސް އެފްސީގެ ޖާޒީ ނަންބަރ 11 ހުސައިން އިބްރާހިމް އެވެ.

މިއަދު ކުޅެވިގެން ދިޔަ ދެވަނަ މެޗުގައި ވާދަ ކޮށްފައި ވަނީ ހުޓިކޮޑު އެފްސީ އައި ތަރިވިލާ އެފްސީއެވެ. މިމެޗު  7 ލަޑު ސުންލަޑުން ކާމިޔާބު ކުރީ ތަރިވިލާ އެފްސީ އެވެ. މިމެޗު ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތަރިވިލާ އެފްސީގެ ޖާޒީ ނަންބަރ 11 އަޙުމަދު ޝަނޫން އެވެ.

މިއަދުގެ މެޗުތަކާއެކު މިމުބާރާތުގެ ފައިނަލް ގައި ވާދަކުރާން ދެޓީމް މިވަނީ ކަށަވަރު ވެގެން ގޮސްފައެވެ. އެއީ ލައިކަންސް އެފްސީ އާއި ތަރިވިލާ އެފްސީ އެވެ.

ކަރަންކާ ފުޓްސަލް ފިއެސްޓާ 2021 ގައި މިއަދު ހަވީރުވެސް ވަނީ ދެ މެޗު ކުޅެވިފައެވެ.

Comment