ފެންޑާ
ފާގަތި މާދަމާއެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފާގަތި މިއަދެއް ހޯދުން މާބުއްދިވެރި

ފާގަތި މާދަމާއެއް ނުވަތަ ފާގަތި މުސްތަޤްބަލެއް ލިބުމަކީ އަހަރަމެން ކޮންމެ މީހެއްގެ އުއްމީދެކެވެ. އަހަރަމެން ކޮންމެ މީހަކު ކެނޑިނޭޅި މަސައްކަތްކުރަނީ ފާގަތި މާދަމާއެއް ނުވަތަ ފާގަތި މުސްތަޤްބަލެއް ހޯދުމަށެވެ. ނަމަވެސް ސުވާލަކީ ފާގަތި މާދަމާ އަހަރަމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބޭ ބާވައެވެ. ފާގަތި މާދަމާއެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފާގަތި މިއަދެއް ހޯދުން މާބުއްދިވެރިކަމުގައި ފެނެއެވެ.

އަހަރަމެންގެ ތެރެއިން ކޮންމެ އިންސާނަކީ، ދިރިއުޅުމުގައި އުޅެންޖެހިފައިވާ ޙާލަތު، އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމަށް އެދޭ މީހެކެވެ. މިކަމުގައި މުއްސަނދި އަދި ފަގީރެއް ތަފާތެއް ނެތެވެ. މުއްސަދި މީހާވެސް، މިއަދަށްވުރެ މާދަމާ އޭނާގެ ވިޔަފާރި ފުޅާވެ، ފައިސާ އިތުރުވުމަށް އެދެއެވެ. ހަމަ މިބީދައިން، ފަގީރު ނިކަމެތި މީހާވެސް، އޭނާގެ ދިރިއުޅުމުގެ ޙާލަތު މިއަދަށްވުރެ މާދަމާ ރަނގަޅުވުމަށް އަބަދުމެ އުއްމީދު ކުރެއެވެ. ދިރިއުޅުމުގައި ހާޞިލްކުރެވިފައިވާ ކަންކަމާމެދު ހިތްހަމަޖެހި، ދިރިއުޅުމުގެ ހާލަތު އެއަށްވުރެ ރަނގަޅުވުމަށް ނޭދޭނެ މީހަކީ ނިސްބަތުން މަދު މީހެކެވެ.

ފާގަތި ނުވަތަ ހިތްހަމަޖެހޭ ތަނަވަސް ދިރިއުޅުމެއް ހޯދުމަށް އަހަރަމެން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ނިމުމެއް ނެތެވެ. މިއަދަށްވުރެ މާދަމާގެ ހާލަތު ރަނގަޅުވުމަށް މަސައްކަތްކުރާ މީހާ، އެނާގެ މިންނެތް މަސައްކަތުން، ހާޞިލްކުރަން ބޭނުންވާ ނަތީއްޖާ ޙާޞިލްވުމުން ނުވަތަ އުއްމީދުކުރި މާދަމާ އައުމުންވެސް، ބޭނުންވި މާދަމާ ހާޞިލްވުމުގެ ހިތްހަމަޖެހުމާއި އުފާ ނުލިބޭފަދައެވެ. ބަދަލުގައި އިތުރު އެހެން ޓާގެޓަކަށް ވާސިލުވުމަށް ބޭނުންވެއެވެ. އެހެންގޮތަކަށް ބުނާނަމަ، މާފާގަތި އެހެން މާދަމާއަކަށް އަނެއްކާވެސް އިންތިޒާރު ކުރެވެއެވެ. ފާގަތި މާދަމާއެއް ހޯދުމަށް ކުރެވޭ މަސައްކަތަކަށް ނިމުމެއް ނެތެވެ. ބޭނުންވާ ފާގަތި މާދަމާ އެއް ދުވަހަކުވެސް ނާދެއެވެ. އިންސާނާގެ ހިތަކީ ފުންމިން ނޭނގޭ ކަނޑެއްފަދަ އެއްޗެކެވެ. ހިތަކީ ދުވަހަކުވެސް ފުރޭނެ އެއްޗެއް ނޫނެވެ. ފާގަތި މުސްތަޤްބަލެއް ހޯދުމަށް ކުރާ މަސައްކަތް ކުރުމުގެ ބަދަލުގައި ފާގަތި މިއަދެއް ހޯދުން މާ ބުއްދިވެރިކަމުގައި ފެނެއެވެ.

ފާގަތި މުސްތަޤްބަލެއް ހޯދުމަށް އަހަރަމެން ކެނޑިނޭޅި ކުރާ މަސައްކަތަކަށް ނިމުމެއް ނެތެވެ. އަހަރަމެން އުއްމީދު ކުރާ މާދަމާ އައުމުންވެސް އަހަރަމެންގެ ތެރެއިން ގިނަމީހުންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އޭގެ ބަދަލުގައި އެއަށްވުރެ ރަނގަޅު މާދަމާއަކަށް އަނެއްކާވެސް އުއްމީދުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!