ކޮލަމް
އެއްޗެއްގެ އަގު ފޮރުވިފައިވަނީ، އެއެއްޗެއް ބަލާމީހާގެ ނަޒަރުގައި

އެއްޗެއްގެ އަގު ފޮރުވިފައިވަނީ، އެއެއްޗެއް ބަލާމީހާގައި ނަޒަރުގައޭ ބުނާ ބުނުން މިއީ ވަރަށް މާނަފުން ބުނުމެކެވެ. ހަމަ މިބީދައިން، ރީތިކަމަކީވެސް ބަލާމީހާގެ ލޮލުގައި ފޮރުވިފައިވާ އެއްޗެކޭ ބުނެ އުޅެއެވެ. މިބުނުމުގައި ބުނާއެއްޗެއް ފަސޭހައިން ދޭހަވެއެވެ. ނަމަވެސް، ރީތިކަމަކީ ބޭރުފުށަށް ފެންނަ ސިފައަކެވެ. މިއާއި ތަފާތުކޮށް އެއްވެސް އެއްޗެއްގެ އަގަކީ ބޭރުފުށަށް ފެންނަ ސިފައަކަށް ނުވެއެވެ.

ބައްޕަޔަކު އަންހެން ދަރިފުޅުގެ ފުރަތަ ޑިގްރީ ނިންމުމުގެ ދަސްވެނިވުމުގެ އުފަލުގައި ހަދިޔާއަކަށް އޭނާ ޒުވާން އުމުރުގައި ގަނެފައިވާ ދުވަސްވީ ޖިޕެއް ދެއެވެ. އަދި އެ ޖިޕް ދުއްވައި ބޭނުންކުރުމުގެ ކުރިން، ބާ ވެހިކަލް ގަންނަ ތަނެކަށްގޮސް، އެޖިޕް ވިއްކަން ބޭނުންވާކަމަށް ބުނެ އޭގެ އަގު ބެލުމަށް ބައްޕަ ބުންޏެވެ. ބައްޕަގެ އިރުޝާދާއި އެއްގޮތަށް ބާވެހިކަލް ގަންނަ ތަނަކަށް، ޖިޕްހިފައިގެން ގޮސް އަންހެންދަރިފުޅު އޭތި ވިއްކޭނެ އަގު ބެލިއެވެ. ޖިޕަކީ ވަރަށް ކުރީގެ މޮޑެލްއަކަށް ވުމުން އަދި ވަރަށް ބާވެފައިވުމުން، އޭތި ގަނެވޭނީ އެންމެ 1000 އެއްހާސް ޑޮލަރަށްކަމުގައި ބާވެހިކަލް ގަންނަ ތަނުން ބުނެއެވެ.

އަންހެން ދަރިފުޅު އަބުރާ ގެއަށް އައިސް މިމައުލޫމާތު ބައްޕަޔަށް ދިނުމުން، އެޖިޕް ހީފައިގެން ނީލަން ސާމާނު ވިއްކާތަނަކަށްގޮސް އަގު ބެލުމަށް އެދުނެވެ. ބައްޕަގެ އިރުޝާދާއި އެއްގޮތަށް ދަރިފުޅު ޖިޕު ހިފައިގެން ނީލަން ސާމާނު ވިއްކާތަނަކަށް ގޮސް އަގުބެލުމުން، ޖިޕަކީ މާއިހުގެ މޮޑެލްއަކަށް ވުމުން، ޖިޕުގެ އަގަކަށް 100 ސަތޭކަ ޑޮލަރު ދީފައި ގަނެވިދާނެކަމަށް ނީލަން ފިހާރައިން ބުނިއެވެ.

މިމައުލޫމާތު ބައްޕަޔަށް ދިނުމުން، އެޖިޕް ހިފައިގެން، ޖިޕް ކްލަބަކަށް ގޮސް، ވިއްކާ ވާހަކަ ނުދައްކައި ޖިޕް ދައްކާލުމަށް ދަރިފުޅުގެ ކިބައިން ބައްޕަ އެދުނެވެ. ބައްޕަގެ ލަފާގެ މަތިން އަންހެން ދަރިފުޅު ޖިޕް ކްލަބަކަށް ގޮސް، އެޖިޕް ދެއްކިއެވެ. ޖިޕް ކްލަބުގެ މެމްބަރުންނަށް އެޖިޕް ފެނުމާއި އެކު، އެޖިޕް އެމީހުންނަށް ވިއްކަފާނަންތޯ ސުވާލުކުރިއެވެ. އަދި ކިހާވަރަކަށް ގަންނާނަންތޯ ސުވާލުކުރުމުން، އެޖިޕުގެ އަގަކަށް 100000 އެއްލައްކަ ޑޮލަރު ދީފައިވެސް އެޖިޕު ގަންނަން ޖިޕް ކްލަބުން ބޭނުންވިއެވެ. އެނގިގެން ދިޔަ ގޮތުގައި، އެޖިޕަކީ، އޭގެ އަހަރުތަކެއް ކުރިން، ކާރު އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ ވަރަށް އެބްރޭންޑުގެ ލިމިޓެޑް އެޑިޝަނެއްގެ ނުވަތަ ވަރަށް މަދުން އުފެއްދި ޖިޕްތަކުގެ ތެރޭގައި ހިމެނޭ ޖިޕެކެވެ. އަދި ބުނި ކޮންމެ އަގެއް ދީފައި އެޖިޕް ގަންނަން ޖިޕް ކްލަބުން ބޭނުންކަން އެނގިގެން ދިޔައެވެ.

ބައްޕަ ދަރިފުޅަށް ދޭން ބޭނުންވި މެސެޖަކީ، އެއްޗެއްގެ އަގު ފޮރުވިފައިވަނީ، އެއެއްޗެއް ބަލާމީހާގެ ނަޒަރުގައި ކަމެވެ. ހަމަ މިބީދައިން، މީހެއްގެ އަސްލު އަގު ނުވަތަ ޤާބިލްކަން ވަޒަންކުރެވޭނީވެސް އެޤާބިލިއްޔަތު ވަޒަންކުރުމަށް އެންމެ އެކަށީގެންވާ ތަނަކުންނެވެ. ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރުމަކީ އެއްވެސް ހާލެއްގައި ރުޅި އަންނަން ޖެހޭކަމެއް ނޫނެވެ. އޭގެ މާނަޔަކީ، އެތަން ތިބާގެ ޤާބިލިއްޔަތުތައް ދެނެގަތުމަށް އެންމެ އެކަށީގެން ނުވާކަމެވެ. މިއިން ލިބިގެންދާ މެސެޖަކީ އެތަނަކީ ތިބާއަށް އެންމެ ރަނގަޅު ތަނެއް ނޫންކަމެވެ.

ތިބާގެ ޤާބިލިއްޔަތާއި، އަގު ދަންނަ ބަޔަކީ، ތިބާ ކުރާ މަސައްކަތް ބަލައިގަނެ، ތަޢުރީފްކޮށް އެކަން ފާހަގަކުރާ ބަޔެކެވެ. ތިބާގެ ޤާބިލިއްޔަތުކަން ނުދަންނަ، ކުރާ މަސައްކަތް ފާހަގަ ނުކުރާ، އަދި ކުރާ މަސައްކަތް އަގުނުކުރާ ތަނެއްގައި އުޅުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެއްޗެއްގެ އަގު ފޮރުވިފައިވަނީ، އެއެއްޗެއް ބަލާމީހާގައި ނަޒަރުގައޭ ބުނާ ބުނުން މިއީ ހަޤީޤަތުގައިވެސް ވަރަށް މާނަފުން ބުނުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!