ޚަބަރު
ވިލިނގިލި އާންމު ހާލަތަށް ގެނެސްފި

ވިލިނގިލި ކޮވިޑް -19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ގިނަދުވަސްތަކަކަށް ފަހު އާންމު ހާލަތަށް ގެނެސްފިއެވެ.

ވިލިނގިލި މޮނިޓަރިންއަށް ލާފައި ވަނީ އެރަށަށް ހާއްސަ ހުއްދައިގެ ދަށުން ވިލިގިއްޔަށް އައި މީހަކު ފައްސިވެ، ރަށުގައި ކޮވިޑް-19 ފެތުރުމުންނެވެ.

އެންމެ ފަހުން އެރަށުން ނެގުނު ހުރިހާ ރެންޑަމް ސާމްޕަލެއް ނައްސިވެފައިވުމާއެކު މޮނިޓަރިންގެ ހާލަތުން ވަނީ ނަގާފައެވެ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތާ 72 ދުވަސް ފަހުން އާންމު ހާލަތަށް ގެނެސްފައިވާ އިރު މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 22އެވެ.

ރާއްޖޭގެ 12 ރަށެއް އަދިވެސް އޮތީ މުނިޓަރިންގެ ހާލަތުގައި ވެއެވެ. މި ރަށްތަކަކީ ގއ.ކޫއްޑޫ، ރ.މީދޫ، ށ.ފޯކައިދޫ، ގއ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ،ފ.ފީއަލި، ޏ.ފުވައްމުލައް، އއ.ތޮއްޑޫ، ރ.ދުވާފަރު، އަދި ހދ.ކުޅުދުއްފުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!