މަޢުލޫމާތު
ޓާސްކް ޕެރަލައިސިސް އަކީ ކޮބައިކަމާއި އެކަމުން އަރައިގަންނާނެ ގޮތް އަދި ސައިކޮތެރަޕިސްޓުންގެ ލަފާ

ހެނދުނު އޮފީހަށް ނުކުންނަ ގޮތަށް ނިންމަންޖެހިފައިވާ ތަފާތު ގިނަ މަސައްކަތްތައް ނިންމުމަށް މުޅި ދުވަސް ހޭދަކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުނިމޭ ފަދަ ހާލަތް ކުރިމަތިވޭ ހެއްޔެވެ؟ މިފަދައިން ކުރިމަތިވާނަމަ، ތިބާއަށް ޓާސްކް ޕެރެލައިސިސް ކުރިމަތިވެފައިވުން އެކަށީގެންވެއެވެ. ޓާސްކް ޕެރަލައިސިސް އަކީ ކޮބައިކަމާއި އެކަމުން އަރައިގަންނާނެ ގޮތްތަކާއި، އަދި ބައެއް ސައިކޮތެރަޕިސްޓުންގެ ލަފާ މިލިޔުމުގައި ހިމަނާލަމެވެ.

މަސައްކަތްތައް މާގިނަވެގެން ނުވަތަ މަސައްކަތް ނިންމަންޖެހޭ މުއްދަތެއްގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކުރިމަތިވެ، އެއްވެސް މަސައްކަތަކަށް ވެސް ފޯކަސްނުކުރެވި، އެއްވެސް މަސައްކަތެއް ފުރިހަމަ ނުކުރެވޭ ހާލަތެއް ދުވަހަކުވެސް ކުރިމަތިވެފައި ވޭ ހެއްޔެވެ؟ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ފުދޭވަރަކަށް އާންމު ކަމެއް ކަމަށާއި ވަގުތީ ގޮތުން ވެސް ޓާސްކް ޕެރަލައިސިސްގެ ހާލަތެއްގައި މިހާ ހުރެދާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ. ޓާސްކް ޕެރަލައިސިސްގެ ސަބަބުން އުފެއްދުންތެރިކަމަށް އަސަރުކޮށް، މަސައްކަތް ލަސްކުރުމަކީވެސް އަޅުގަނޑުމެންގެ ހާސްކަމުގެ މިންވަރު އިތުރަށް އިތުރުވެދާނެ ކަމެކެވެ. މިފަދަ މައްސަލަތައް ގަވާއިދުން ކުރިމަތިލާން ޖެހޭނަމަ ރަނގަޅު ގޮތަކީ އެކަމަށް ނަފްސާނީ ހައްލެއް ހޯދުމެވެ.

ޓާސްކް ޕެރަލައިސިސް އުފެދިދާނެ ހާލަތްތައް ކުރިން ދެނެގަތުމަކީ، ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މިކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅެކެވެ. އަދި އެއަށްފަހު ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގެ ޓޫ-ޑޫ ލިސްޓެއް ހަދައި އޭގެ ތެރެއިންވެސް، އެންމެ މުހިންމު ކަންކަން ފާހަގަކޮށް ބަހާލުމަކީ މަސައްކަތް ނިންމުމަށް މުހިންމު ކަމެކެވެ. ކުރަންޖެހިފައިވާ މަސައްކަތްތައް ނިންމުމަށް އަމިއްލައަށް ހަމަޖެހިލައި، ކުދި ބްރޭކް ނަގައި ހަމަޖެހިލުމަކީވެސް މަސައްކަތް ނިންމުމަށް އެޅިދާނެ ބާރެކެވެ. ވަގުތާއި ޕްރެކްޓިސް ކުރުމުން ޓާސްކް ޕެރަލައިސިސް އިން ފަސޭހަކަމާއެކު އަރައިގަނެވިދާނެ އެވެ.

ޓާސްކް ޕެރަލައިސިސް އަކީ ކޮބާ؟

ޑރ. ޗަންދްނީ ޓޫގްނައިޓް އެމް.ޑީ (އަލްޓަނޭޓިވް މެޑިސިންސް)، ސައިކޮތެރަޕިސްޓް، ލައިފް ކޯޗް، ބިޒްނަސް ކޯޗް، އެންއެލްޕީ އެކްސްޕާޓް، ހީލަރ، ފައުންޑަރ އެންޑް ޑިރެކްޓަރ – ގޭޓްވޭ އޮފް ހީލިންގ ވިދާޅުވާ ގޮތުގައި، ޓާސް ޕެރަލައިސިސް އަކީ:

” the feeling of being paralyzed by an overwhelming task،” ޓާސްކް ޕެރަލައިސިސް އަކީ މާ ގިނަ ޓާސްކްތަކެއް އެއްފަހަރާ ނިންމަން ޖެހުމުން ނުވަތަ، މާގިނަ މަސައްކަތްތަކެއް އެއް މުއްދަތަކަށް ނިންމަންޖެހުމުން، އެ ޓާސްކްތައް ނުވަތަ މަސައްކަތްތައް ފައްޓާނެ ހިސާބެއް ނޭނގި، ފުރަތަމަ ކުރާނެ ކަމެއް ކަނޑަނެއެޅި، ކުރިޔަށްދާނެ އެއްވެސް މަގެއް ނުފެނި އުފެދޭ އިހުސާސެކެވެ. މިއީ ނާޒުކު އިހުސާސަކަށް ވުން އެކަށީގެންވެއެވެ. މީގެ ސަބަބުން ހުރިހާ ޓާސްކެއް ނުވަތަ މަސައްކަތެއް ހުއްޓި، އެއްވެސްކަމެއް ކުރިއަށް ނުދެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ތަޖުރިބާ ކުރަންޖެހިފައިވާ ކަމެއްގެ ކަމުގައި ޑރ. ޗަންދްނީ ޤަބޫލުކުރެއެވެ.

ޓާސްކް ޕެރަލައިސިސް ކުރިމަތިވާ ސަބަބު:

ޓާސްކް ޕެރަލައިސިސް އަކީ ތަފާތު ކަންތައްތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ވެދާނެއެވެ. ވަގުތުގެ ދަތިކަން، ޓާސްކެއް ނިންމުމަށް ބޭނުންވާ ހުނަރާއި، މަޢުލޫމާތު ނެތުމުގެ ސަބަބުން، ބޭނުންވާ ރިސޯސަސް ނުވަތަ ތަކެތި ނެތުމުގެ ސަބަބުންވެސް ޓާސްކް ޕެރަލައިސިސް ކުރިމަތިވެއެވެ. އަދި އެންމެ ފުރިހަމަޔަށް މަސައްކަތް ނިންމަން ބޭނުންވުމުން ނުވަތަ ނާކާމިޔާބީގެ ބިރުވެރިކަމާއި ކުރިމަތިލާންޖެހުމުގެ ބިރުގެ ސަބަބުން ނުވަތަ މަސައްކަތް ލަސްކުރުމުގެ ސަބަބުން ވެސް ޓާސްކް ޕެރަލައިސިސް ކުރިމަތި ވެދާނެއެވެ.

ޑރ ޓޫގްނައިޓް ވިދާޅުވާ ގޮތުގައި ޓާސްކް ޕެރަލައިސިސްގެ ސަބަބުން އުފެއްދުންތެރިކަމާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ކޮށްފާނެއެވެ. އެއީ ކުރިމަތިވެފައިވާ މަސައްކަތުގެ ސުންގަޑިއަކަށް ވިޔަސް ނުވަތަ ގޭގައި ނިންމަންޖެހޭ ޕްރޮޖެކްޓަކަށް ވިޔަސް ހާސްކަމާއި ބިރުވެރިކަމުގެ އިހުސާސްގެ ސަބަބުން ޓާސްކް ޕެރަލައިޒް ކުރިމަތި ވެދާނެއެވެ. ޓާސްކް ޕެރަލައިސިސް އަކީ އަހަރެމެންނަށް އިހުސާސް ކުރެވުމުން ކުރިމަތިވާ އާންމު ނަފްސާނީ މައްސަލައެކެވެ. ޓާސްކް ޕެރަލައިސިސްގެ ސަބަބުން އަހަރަމެން ލަސްކޮށް، ނިންމަންޖެހޭ ޓާސްކްތައް ހުއްޓި، ފެށޭނެ ތަނެއް ޔަގީން ނުވުމުގެ އިތުރުން، އެ މަސައްކަތުން މުޅިން ދުރުހެލިކޮށް ހާސްކަމާއި ނުކުޅެދުންތެރިކަމުގެ އިހުސާސްތައް އިތުރުކޮށްދެއެވެ.

ޑރ ޗަންދުނީ ތުގްނައިޓް ހުށަހަޅާފައިވާ ޓާސްކް ޕެރަލައިސިސް ބަލިކުރެވޭނެ ބައެއް ގޮތްތައް ހިމަނާލަމެވެ.

މަސައްކަތްތައް ކުދިކުދިކޮށް، މެނޭޖްކުރެވޭނެ ގޮތަކަށް ބަހާލުން:

ދިގު ޓޫ-ޑޫ ލިސްޓެއް އޮންނައިރު، އެއްފަހަރާ ހުރިހާ ކަމެއް ނިންމަން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެކެވެ. ތިމާގެ މަސައްކަތްތައް ކުދިކުދި ބައިބަޔަށް ބަހާލުމުން އެ މަސައްކަތްތައް މެނޭޖް ކުރެވޭނެއެވެ. އަދި މިހެން ހެދުމުގެ ސަބަބުން މާ ބޮޑަށް އުނދަގޫވުމުގެ އިހްސާސް ކުޑަވެގެން ދާނެއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައި، މަޑުމަޑުން އެއް މަސައްކަތުގެ ތެރެއިން އަނެއް މަސައްކަތްކޮށް، މުޅިމަސައްކަތް ނިމެންދެން ބުރަނުވެ، މަސައްކަތް ތަރުތީބުން ނިންމާލެވޭނެއެވެ.

އަމިއްލައަށް ސުންގަޑިތައް ކަނޑައެޅުން:

ކޮންމެ މަސައްކަތަކަށް ޓައިމްލައިނެއް އޮތުމަކީ ރަނގަޅު މަގުގައި ހުރެ، އެކަން ފުރިހަމަ ކުރުމަށް ބާރުއަޅާނެ ކަމެކެވެ.

ބައެއް މަސައްކަތްތައް ޑެލިގޭޓް ކުރުން؛

ކުރަންޖެހޭ މަސައްކަތުގެ ވޮލިއުމް މާ ބޮޑުކަމަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެކަނި އަމިއްލަޔަށް މަސައްކަތް ނުނިންމޭމެކަމުގެ ބިރު އޮންނަ ނަމަ، ބައެއް މަސައްކަތްތައް ޑެލިގޭޓް ނުވަތަ އެކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ބަހާލެވިދާނެއެވެ. އަދި ނުވާނެހެން ހީވާ ބައެއް މަސައްކަތްތައް އައުޓްސޯސްކުރުމަކީވެސް ކުރެވިދާނެކަމެކެވެ. ނިންމަންޖެހޭ ޓާސްކް މާގިނަނަމަ، އެހެން މީހަކާ ހަވާލުކުރެވޭނެ ނުވަތަ ޕްރޮފެޝަނަލް މީހަކަށް އައުޓްސޯސްކުރެވޭނެ މަސައްކަތެއް ހުރިތޯ ބަލާށެވެ.

ބްރޭކެއް ނަގާލުން:

މަސައްކަތުގެ ސަބަބުން އުނދަގޫވާހެން ހީވާނަމަ ކޮންމެވެސް ވަރެއްގެ ބްރޭކެއް ނަގާލާށެވެ. ބްރޭކްގައި މަސައްކަތުން ދުރުގައި ވަގުތުކޮޅެއް ހޭދަކޮށް ރިލެކްސްވެލުމުން ސްޓްރެސް ނައްތާލެވޭނެއެވެ. ބްރޭކް ނަގައި ބޯ ހަމަޖައްސާލުމަށް ފުރުސަތު ދިނުމުން އަލުން އަބުރާ އައިސް މަސައްކަތަށް ފޯކަސް ކުރެވޭނެ އެވެ.

އޯގަނައިޒް ވުން:

ރަނގަޅު އޯގަނައިޒޭޝަނަލް ސިސްޓަމެއް ގާއިމްކޮށް، މަސައްކަތްކުރާނެ ގޮތަކާއި، ބޭނުންކުރާ ޚާއްސަ އުޞޫލުތަކެއް ކަނޑައެޅިފައި އޮތުމަކީ ތިމާގެ ޓާސްކުގައި ނުވަތަ މަސައްކަތް ރޭވުންތެރިކަމާއިއެކު ނިންމުމަށް އެހީއަކަށްވެ، އެ މަސައްކަތްތައް ފަށައި އަދި ނިންމަން ފަސޭހަވެގެންދާނެ ކަމެކެވެ.

ޓާސްކް ޕެރަލައިސިސް ފަދަ އިޙްސާސެއް ކުރެވޭނަމަ، ޚާއްސަ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން އަބަދުވެސް ބުއްދިވެރިއެވެ. ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނައި، އަމިއްލަޔަށް ނިންމަން ކަނޑައަޅާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ޓާސްކް ޕެރަލައިސިސް އަރައިގަތުމަށް ލިޔުމުގައި ހިމަނާފައިވާ ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޓާސްކް ޕެރަލައިސިސް އިން އަރައިގަނެ، އުފެއްދުންތެރި، ބިނާކުރަނިވި މީހަކަށް އަލުން އަބުރާ ބަދަލުވެވި ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!