މަޢުލޫމާތު
ހަކުރު މަތިވުމާއި ފަލަވުމުން ދަރިމައިވުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ހެއްޔެވެ؟

ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިލާންޖެހި ހަލުވިކަމާއެކު އިތުރުވަމުން އަންނަ ސިއްޙީ މައްސަލަތައް ކަމުގައިވާ، ހަކުރު ބައްޔާއި، އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލައިގެ ސަބަބުން، ދަރިމައިވުމަށް އަސަރުކުމާއިމެދު ޑޮކްޓަރުން ދެކޭގޮތް ވަނީ ހާމަކޮށްފައެވެ. ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި، ހަކުރުބައްޔާއި ފަލަވުމުގެ ސަބަބުން އަންހެން އަދި ފިރިހެނުންގެ ހަށިގަނޑުގެ ހޯމޯންތަކަށް ބޮޑެތި ބަދަލުތައް ގެނެސް ދަރިމައިވުމަށް އަސަރުކުރުވައެވެ.

ދަރިމައިނުވުމަކީ ބަޔޮލޮޖިކަލް ޕްރޮސެސްއެއްގެ ތެރެއިން ދަރިއަކު ވިހެއުމަށް ނުކުޅެދުންތެރިކަން ހުންނަ ދަރިމައިވުމުގެ ނިޒާމުގެ ހާލަތެކެވެ. އަދި ދަރިމައިނުވުމާ ގުޅިގެން ކުރާ ޖަޒުބާތީ އިހްސާސް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެ ހާލަތާ ކުރިމަތިލާން ޖެހިފައިވާ ފަރުދުންނަށެވެ. މިކުޑަ ދިވެހިރާއްޖޭގައިވެސް ދަރިމައިވުމުގެ ނިސްބަތް މެދުނުކެނޑި ދަށްވަމުން އަންނައިރު ފަލަވުމާއި ހަކުރުބަލި ފަދަ ބަލިތައް އަދި ކުރިއަރާފައިވާ ބައެއް ބަލިތައް އިތުރުވެފައި ވާކަމީ، ފާހަގަކޮށްލެވޭ ކަމެކެވެ.

އައުޓް އޮފް ބެލެންސް ހޯރމޯން ލެވެލްތަކުގެ މާނައަކީ އަބަދުވެސް އަންހެނަކަށް ބަލިވެ އިނުމަށް އުނދަގޫވާނެ ކަމަކަށް ނުވި ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ގަވާއިދުން އޯވިލޭޝަން މަދުވުމާއި މައްސަރު ކަންތައް ޖެހުމުން ބަލިވެ އިނުން ދަތިވެދާނެ އެވެ. ފަލަވުމާއި ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް މެލިޓަސް (T1DM, T2DM) ގެ މެޓަބޮލިކް އަސަރުތައް ހައިޕޮތެލަމަސް-ޕިޓޫއިޓަރީ–އޮވަރީ (HPO) އެކްސިސްއަށް ކުރާ ސިސްޓަމެޓިކް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އެއީ ފުރާވަރަށް އެރުން ލަސްވުމާއި އޯވަރީން ބިސްއުފެއްދުން ހުއްޓާލުން އަދި މައްސަރުކަންތައް ޖެހުމަށް ބޮޑެތި ބަދަލުތައް އައުން ފަދަ ކަންކަމެވެ.

އެޗްޓީ ލައިފްސްޓައިލް އަށް ދެއްވި އިންޓަވިއުއެއްގައި ޚާރުގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލް އެންޑް މެޑިކަލް ރިސާޗް ސެންޓަރުގެ ކޮންސަލްޓަންޓް، ގައިނެކޮލޮޖީ އެންޑް އޮބްސްޓެޓްރިކްސް ޑރ ސުޖިތު އޭޝް ހިއްސާކުރެއްވި ގޮތުގައި، ހަކުރުބައްޔާއި ފަލަވުމަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުންދާ އަދި އިތުރުވަމުން އަންނަ ބަލިމަޑުކަމެއް ކަމަށާއި، މިފަދަ ސިއްޙީ މައްސަލަތަކުގެ ސަބަބުން ހޯރމޯންތަކަށް ބޮޑެތި ބަދަލުތައް އައިސް، އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ޤާބިލިއްޔަތުކަން ދަށްކުރުވައެވެ.

ހަކުރުބައްޔާއި ފަލަވުމުގެ ސަބަބުން، ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްކުރުވައި، ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ދަށްވުމާއި މޮޓިލިޓީ އަދި ޑީއެންއޭ އަށް ގެއްލުން ލިބޭ ކަމުގައި ޑރ ކްޝިޓިޒް މުރްޑިއާ ހާމަކުރައްވައެވެ. އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، ވަގުތު ފާއިތުވަމުންދާ ވަރަކަށް ޓެސްޓެސްޓްރޯންގެ މިންވަރު ދަށްވެ ފެޓް ޑިޕޮސިޝަން އިތުރުވެ އިންސިއުލިން ރެސިސްޓެންސް އުފެދެއެވެ. ޓެސްޓެސްޓްރޯންގެ މިންވަރު ދަށްވުމަކީ ވެސް ސްޕަރމް ކައުންޓް ދަށްވެ، ޝަހުވަތްތެރިކަން ދަށްވުމަށް މަގުފަހިވާ ކަމެކެވެ.

ފަލަވުން ނުވަތަ ހަކުރުބަލި ޖެހިފައިވާ ދެމަފިރިން ބަލިވެ އިނުމަށް ރާވާފައިވާނަމަ ދަރިމައިވުމަށް ހުރަސްއެޅިދާނެ މައްސަލަތައް ދެނެގަނެ އެކަންކަން ބެލެހެއްޓުމަށްޓަކައި ޑޮކްޓަރަށް ދެއްކުމަކީ ރަނގަޅު ގޮތެކެވެ. ޑޮކްޓަރުން ލަފާދީފައި ވަނީ ތަފްސީލީ ނިއުޓްރިޝަން ޕްލޭނެއް ހެދުމާއި، ބައެއް ކަސްރަތުތަކާއި އަދި ބޭނުންވާ ގޮތަށް ބޭސް ވެސް ދިނުމަށެވެ. ހަށިގަނޑުގައި ހޯރމޯންތަކުގެ އިންބެލެންސްތައް ރަނގަޅުކޮށް، ހަކުރުބައްޔާއި ޕީސީއޯއެސް އަދި ފަލަވުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި މިބާވަތުގެ ފަރުވާތަކަކީ ވަރަށް މުހިންމު ފަރުވާތަކެކެވެ. ދަރިޔަކު ހޯދުމަށް ރާވާ މައިންބަފައިން އަމިއްލަ ސިއްހަތަށް ފުރަތަމަ އިސްކަންދިނުމާއިއެކު އުފަންވާ ކުއްޖާއަށް ދުޅަހެޔޮ ސިއްޙަތެއް ފޯރުކޮށްދިނުން މުހިންމެވެ.

އަންހެނުންނާއި ފިރިހެނުންނަށް ވެސް ހަކުރުބައްޔާއި ފަލަވުމާއެކު ދަރިމައިނުވުމަށް ފަރުވާ ދިނުމުގައި ދެމަފިރިންގެ މެޑިކަލް ހީސްޓްރީއާއި ބަލައި، ހަކުރުބަލި ޖެހުމުގެ ރިސްކް އޮތް މިންވަރު ބަލައި، ބަރުދަން ލުއިކޮށް، އެކަށީގެންވާ ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކޮށް، ގްލައިސެމިކް ކޮންޓްރޯލް އިތުރުކޮށް ދުޅަހެޔޮ ދިރިއުޅުމެއް ގެންގުޅެން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!