ތާރީޚް
ތަސްވީރެއް ކިޔައިދޭ ތާރީޚުގެ ވާހަކައެއް

މަތީގައި އެވާ ތަސްވީރު ބުނެދެނީ އެވާލާ ޒަމާނުގައި ޗައިނާގައި ދެވުނު އަދަބެއްގެ ވާހަކައެކެވެ. ތަސްވިރުން ފެންނަހެން، އެ އަދަބަށް ކިޔާ ނަމަކީ ‘އުނަގަނޑުން ބުރިކޮށްލުމެވެ.’ އާދެ، ކުށްވެރިޔާގެ އުނަގަނޑުން ދެފަޅިއަށް ފަޅާލައި، ބުރިކޮށްލައި އޭނާ މަރާލުމެވެ.

މިއަދަބު ދެވެނީ އެންމެ ‘ބޮޑެތި ކުށްތައް’ ކުރާ މުޖުރިމުންނަށެވެ. އެންމެ ފުރަތަމަ މި އަދަބުގެ ވާހަކަ ނަންގަނެވިފައި ވަނީ ޗައިނާގެ ޒައު ދަރިކޮޅުގެ ވެރިކަމުގެ ދުަވަސްވަރުއެވެ. އެވެރިކަން އޮތީ މީލާދުގެ ކުރީގެ 1046 ފެށިގެން މީލާދުގެ ކުރީގެ 256 އަހަރާ ހަމައަށެވެ.

ބުނެވޭ ގޮތުގައި ޗައިނާގެ ޗިންގ ދަރިކޮޅުގެ ދުވަސްވަރު (1911-1644) ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވި ދައުލަތުގެ އިސް މުވައްޒިފެއްގެ މައްޗަށް އުނަގަނޑުން ބުރިކޮށްލުމަށް ހުކުން ކުރެވުނެވެ. ދެން، އޭނާގެ މައްޗަށް އެ ހުކުން ތަންފީޒުކުރެވުނެވެ.

ބުނެވޭ ގޮތުގައި އެ މީހާގެ އުނަގަނޑުން އެ މީހާ ދެ ފަޅިއަށް ފަޅާލުމުން ވަގުތުން އޭނާ މަރުނުވެ ހިނދުކޮޅަކު ދިރިއޮތެވެ. އެ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ އަދަބުގެ އަނިޔާވެރިކަމާއި ވޭނުގެ ވާހަކަ ބުނެދޭން، ޗައިނާ ބަހުން އޭނާގެ ލެއިން، ލަފްޒެއް އަށް ފަހަރު ލިޔުނެވެ.

ޗިން ދަރިކޮޅުގެ އެދުވަސްވަރުގެ ވެރިއަކަށް ހުރި ޔިންޒެން (1678 – 1738) އަށް މިޚަބަރު ލިބުމުން، އެކަމާ ކަންބޮޑުވެ، ހިތާމަކޮށް، މި އަދަބު ދިނުން އުވާލިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!