ޚަބަރު
މީހުން އަތުން ފައިސާ ނައިގައިގެން ހަބަރު ވިއްކާ މައްސަލަ އެއް ފުލުހަށް

މީހުން އަތުން ފައިސާ ނައިގައިގެން ހަބަރު ވިއްކާ މައްސަލަ އެއް މޯލްޑިވްސް މިޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލައި އެ މައްސަލަ ފުލުހަށް ހުށަހަޅަން ނިންމައިފި އެވެ.

އެމްއެމްސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ހިންގާ ނޫސްތަކުގެ ހުއްދަ ނުހޯދައި އެ ހުރިހާ ނޫހެއްގައި ހިމެނޭ ހަބަރުތަކާއި ރިޕޯޓްތައް އެއްކޮށް “މީސް މީޑިއާ” ގެ ނަމުގައި ޕްލެޓްފޯމެއް އުފައްދައި މީހުން އަތުން ފައިސާ ނައިގައިގެން ހަބަރު ވިއްކާ މައްސަލަ އެއް ފުލުހަށް މައްސަލަ ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ނޫސްތަކުގެ ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުން ވެސް އެބައޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.

ނޫސްތަކުގައި ހުންނަ ކޮންޓެންޓް ހުއްދަ ނެތި ބޭނުން ކުރުމާއެކު ސަބްސްކްރައިބްކޮށް އެ ކޮންޓެންޓް ވިއްކާ، ވިޔަފާރުކޮށް ނަފާ ހޯދާ މައްސަލައެއް ކައުންސިލްގެ ސަމާލު ކަމަށް ވަނީ ގެނެވިފައެވެ.

މީޑިޔާ ކައުންސިލްގެ މެންބަރު މުހައްމަދު ޝާފިއު ފިޔަވައި ހުރިހާ މެންބަރުން ވަނީ މިމައްސަލަ ބެލުމަށްފަހު ފުލުހަށް ހުށަހެޅުމަށް އިއްޔެ ވޯޓު ދީފައެވެ. ޝާފިއު އަކީ އާންމުންގެ ތެރެއިން ކައުންސިލް ތަމްސީލު ކުރައްވާ މެންބަރެކެވެ.

“މީސް މީޑިއާ” ގެ ނަމުގައި ޕްލެޓްފޯމެއް ހަދައިގެން އުޅޭ ފަރާތުން ހަބަރު ކިޔަން ސަބްސްކްރައިބް ކުރާ މީހުންގެ އަތުން މަހަކަށް 30ރ. ނަގަ އެވެ. އަދި އެ ފައިސާ ޖަމާ ކުރަނީ ބީއެމްއެލްގައި އޮންނަ އަމިއްލަ މީހެއްގެ އެކައުންޓަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!